ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-CA/417/2023/55
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 08:32
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ގދ.އަތޮޅަށް ކުރައްވާ ދަތުރުގައި ރައްޔިތުންނާއި ބައްދަލުކުރެއްވުން؛

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ގދ އަތޮޅަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި 2023 ޖޫން 08 ވާ ބުރާސްފަތި ދުވަހު މިރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުގައި މިރަށުގައި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މި ދާއިރާއަށް ޝައުޤިވެރިކަން ހުރި ފަރާތްތަކާއި ބައްދަލުކުރުމަށް ހަމަޖެހިފައި ވެއެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 08 ވާ ބުރާސްފަތި ދުވަހުގެ 15:15 ގައި ހޯނޑެއްދޫ ސްކޫލުގައެވެ.

ވީމާ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ މިކައުންސިލް އިދާރާގެ ވަރަށްބޮޑު އެދުމެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖޫން 2023