ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2023/49
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 23:54
ސުންގަޑި: 15 ޖޫން 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީގެ "ޓެއިލަރ އިން ޑިޒައިނިންގ ބޭސިކް އެންޑް އެޑްވާންސް ކޯސް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އ.ތ.މ ކޮމިޓީގެ "ޓެއިލަރ އިން ޑިޒައިނިންގ ބޭސިކް އެންޑް އެޑްވާންސް ކޯސް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ގައްދޫގެ ކަނބަލުންނަށް ޚާއްސަކޮށްގެން، ބޭސިކް އަދި އެޑްވާންސް ލެވެލްގެ ފަހާކޯހެއް ގައްދޫގައި ކުރިޔަށްގެންދިއުމަށް ވަނީ ރާވާފައެވެ. "ޓެއިލަރ އިން ޑިޒައިނިންގ ބޭސިކް އެންޑް އެޑްވާންސް ކޯސް" ގެ ނަމުގައި ކުރިޔަށްގެދިއުމަށް ހަމަޖެހިފައިވާ މި ކޯހަކީ ގައްދޫގައި ފެހުންތެރިކަމުގެ ރޮނގުން ކުރިއެރައި ދިއުމަށް ބޭނުންވާ ފަރާތްތަކާއި މުޅިން އަލަށް ފެހުމުގެ ހުނަރު ދަސްކުރަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެފަދަ ފުރުޞަތެއް ހޯދައިދިނުމުގެ މަޤްސަދުގައި ކޮމިޓީން އިންތިޒާމްކޮށްގެން ބާއްވާ ކޯހެކެވެ. މިކޯސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ "ޔުނީކް ޑިޒައިން ބައި ދިހޫ" އާއި ގުޅިގެންނެވެ. 01 މަސް ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިންނަށް ބޭސިކް ޓެއިލަރިންގ އަދި އެޑްވާންސް ޓެއިލަރިންގ ގެ ބައިތައް ދަސްކޮށްދެވޭނެއެވެ. ކޯހުގެ ބައިވެރިންނަށް ފަހާފޮށި ފިޔަވައި ކޯހަށް ބޭނުންވާ އެހެނިހެން ތަކެތި ( ފޮތި، ކަތުރު އަދި އެހެނިހެން ތަކެތި ) ފޯރުކޮށްދެވޭނެއެވެ. މި ކޯހުގައި ކޮންމެ ބައިވެރިޔަކުވެސް ފަހާނީ އެމީހެއްގެ އަމިއްލަ ފަހާފޮށީގައެވެ. ކޯހުގައި ބައިވެރިވުމުގެ ފީއަކީ 2500ރ ( ދެ ހާސް ފަސް ސަތޭކަ ރުފިޔާ ) އެވެ. 

ވީމާ، ފަހާ ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިވާ ގޫގަލް ފޯމް މެދުވެރިކޮށްވެސް ކޯހުގައި ބައިވެރިވެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމިޓީގެ މެމްބަރު ޔުމްނާ އަޙުމަދު (7856076) އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

https://docs.google.com/forms/d/e/1FAIpQLSdU3fIA5h1FQpUgx83aEDddiu6IBykaW4DnQYI4B5eGIb-B0Q/viewform?usp=sf_link

05      ޖޫން    2023

05 ޖޫން 2023