ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-IMS/417/2023/54
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 20:22
ސުންގަޑި: 11 ޖޫން 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގ.ދ ހޯނޑެއްދޫ ކައުންސިލް 1444 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުޅިވަރު ޙަރަކާތްތައް ރާވާ އިންތިޒާމް ކުރާނެ ޖަމްޢިއްޔާއެއް ހޯދުން.

މިއިދާރާގެ ނަންބަރު (IUL)417-IMS/417/2023/41  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، މިއަހަރުގެ އަޟްޙާ ޢީދު ކުޅިވަރު ޙަރަކާތްތައް ރާވާ އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ މިރަށަށް ނިސްބަތްވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ހުށަހަޅާ ޕްރޮޕޯސަލްގައި އަޟްހާ ޢީދު ޙަރަކާތްތަކާއި، ޙަރަކާތްތައް ކުރިއަށް ގެންދާނެގޮތުގެ ތާވަލާއި ޙަރަކާތްތަކަށް ފައިސާ ހޯދާނެގޮތާއި ހިނގާނެ ޚަރަދު އަދި އިންތިޒާމްކުރާ ފަރާތުގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2023 ޖޫން 11 ވަނަ ދުވަހުގެ 13:00 ގައި ހޯނޑެއްދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަޟްހާ ޢީދު ޙަރަކާތްތައް ހިންގާނެ ޖަމްޢިއްޔާއެއް ހޯދުމަށް މާކްސް ދެވޭނެގޮތް؛

1- ހުށަހަޅާ ޕްރޮޕޯސަލް 100 މާކްސް (އެންމެ ރަނގަޅު ޕްރޮޕޯސަލަކަށް 100 މާކްސް ލިބޭގޮތަށް)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖޫން 2023