ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297-AD/297/2023
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 06 ޖުލައި 2023 02:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިރަން އެވޯޑް 2023

ވެލިރަން އެވޯޑު 2023

ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ޝަރަފުވެރި ޚިދުމަތްތަކެއް ވެލިދޫ އަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ދާއިރާތަކުން ރަށަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ރަށަށް އެންމެ ޚިދުމަތްތެރި ފަރާތްތަކާއި، ދުނިޔޭގެ ފެންވަރުގައާއި އަދި ޤައުމީ ފެންވަރުގައި ރަށަށް ރީތިނަމާއި ޝަރަފް ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް މިއަހަރު ދިނުމަށް ހަމަޖެހިފައިވާ "ވެލިރަން އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާންކުރަމެވެ. މިގޮތުން މިފަހަރުގެ އެވޯޑުދިނުމުގައި ބެލުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2023 ގެނިޔަލަށް ހޯދާފައިވާ ކާމިޔާބީތަކާއި، ޚިދުމަތްތަކަށެވެ.

މިއެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި އިދާރާތަކާއި، މުއައްސަސާތަކުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ކުންފުނިތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިއެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތަފުސީލު ވެލިރަން އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެއެވެ.

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމު، މިކައުންސިލުގެ ވެބްސައިޓު www.velidhoo.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މިކައުންސިލުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ. އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، މިކައުންސިލުގެ އީމެއިލް [email protected] އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:00އިން މެންދުރުފަހު 2:00އަށް، މިކައުންސިލުގެ ރިސެޕްޝަނުންނެވެ.

 

05 ޖޫން 2023