މަސައްކަތް
ނަންބަރު: (IUL)258/258/2023/94
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 15 ޖޫން 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓުސަލް ކޯޗެއް ހޯދުން.

                                                  ނަންބަރ: (IUL)258/258/2023/94     

 

އިޢުލާން

ފުޓުސަލް ކޯޗެއް ހޯދުން.

 

              ބޮޑުތިލަދުންމަތީ ފުޓުސަލް ޗެލެންޖް ގައި މިއިދާރާއިން ބައިވެރިވެފައިވާތީ މި މުބާރާތުގައި މިއިދާރާގެ ފަރާތުން ބައިވެރިވާ ޓީމަށް ފުޓްސަލް ކޯޗެއް ހޯދަން ބޭނުންވެއްޖެއެވެ.

              ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ މަޢުލޫމާތުތައް ހިމަނައިގެން 2023 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް އެންމެހާ ލިޔެކިޔުންތައް ހުށަހެޅުން އެދެމެވެ.

  1. ހުށަހަޅާ ފަރާތުގެ ވަނަވަރު.
  2. ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ.
  3. ފުޓުސަލް ކޯޗިންގެ ދާއިރާއިން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަޖުރިބާގެ ލިޔުންތައް.

              މިކަމަށްއެދި ހުށަހަޅާ ލިޔުމުގައި މުސާރައާއި، ދަތުރު ފަތުރުގެ ޚަރަދާއި،ހުރުމާއި ކެއުމުގެ ޚަރަދާއި އެނޫންވެސް ޚަރަދެއް ކުރަންޖެހޭނަމަ އެޚަރަދުތައް ހިމަނުއްވަންވާނެއެވެ. ކޯޗް ބޭނުންވާ މުއްދަތަކީ 03 ޖުލައި 2023 ން 31 ޖުލައި 2023 އަށެވެ.

              ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޛުލްޤާއިދާ  1444

05  ޖޫން   2023

05 ޖޫން 2023