ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2023/21
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 12 ޖޫން 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ ތިނަދޫއަށް އެސް.ޓީ.އޯގެ އިތުރު ކާޑު އޭޖެންޓްއެއް ހޯދުމާއި ގުޅޭ

އިޢުލާން

 

ގދ ތިނަދޫއަށް އެސް.ޓީ.އޯގެ އިތުރު ކާޑު އޭޖެންޓްއެއް ހޯދުމާއި ގުޅޭ

 

               ގދ.ތިނަދޫގެ ރައްޔިޔިތުންނަށް ދަތިނުވެ، ކާޑުގެ ބާވަތްތައް ލިބެން ހުންނާނެ ގޮތްހެދުމަށް ތިނަދޫއަށް އިތުރު ކާޑު އޭޖެންޓެއް ނެގުމަށް އެސްޓީއޯ އިން ވަނީ ނިންމާފައެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތަކެތި މި އިދާރާއަށް 12 ޖޫން 2023 ވާ (ހޯމަ) ދުވަހުގެ 13:00ގެ ކުރިން ހުށަހަޅައި ދެއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ ތަކެތި؛

-        ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

-        ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ

-        ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-        ވިޔަފާރީގެ ޕްރޮފައިލް (ވިޔަފާރީގެ ބާވަތް އަދި ވިޔަފާރި ކުރާ ފިހާރަތަކާއި މުއްދަތު އެގޭ ގޮތަށް)

-        ފުރިހަމަ ކޮށްފައިވާ އެޖެންޓަކަށް ވުމަށް އެދޭ ފޯމް (މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި)

ވީމާ، މަތީގައި ދެންނެވިފައިވާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ދެންނެވިފައިވާ ތާރީޙްގެ ކުރިން މި އިދާރާއަށް ހުށަހަޅައި ދެއްވުން އެދެމެވެ.

04 ޖޫން 2023