ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/1/2023/40
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 15 ޖޫން 2023 00:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ އޮކްޓޫބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން މުއްދަތު އިތުރު ކުރުމާއި ގުޅޭ:

2023 ވަނަ އަހަރުގެ އޮކްޓޫބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގެ ނޯމަލް އެންޓްރީ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުމުގެ މުއްދަތު ވަނީ 2023 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް އިތުރުކުރެވިފައެވެ.

އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅުއްވާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާެ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.

 

26 ޛުލްގަޤަޢިދާ 1444

05   ޖޫން   2023

05 ޖޫން 2023