ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2023/93
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 13 ޖޫން 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމެޓީއެއް އެކުލަވާލުން.

ނަންބަރ: (IUL)258/258/2023/93       

 

އިޢުލާން

ކައުންސިލަށް ލަފާދޭ ކޮމެޓީއެއް އެކުލަވާލުން.

            ޤާނޫނު ނަންބަރު: 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން އުފެދިފައިވާ ރަށު ކައުންސިލަށް ލަފާދޭ ކޮމެޓީއެއް އޮންނަންވާނެކަމަށް އެޤާނޫނުގައި ބުނެފައިވާތީ، ހަނިމާދޫ ކައުންސިލަށް ލަފާދޭނެ ކޮމެޓީއެއް އެކުލަވާލުމަށް ބޭނުންވާތީ މިކޮމެޓީގައި ހިމެނިވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން 2023 ޖޫން 13 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެބޭފުޅެއްގެ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއި، އައިޑީކާޑުގެ ކޮޕީ އަދި ވަނަވަރު އެނގޭނެ ލިޔުމަކާއިއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

            ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

15 ޛުލްޤާއިދާ  1444

05  ޖޫން   2023

05 ޖޫން 2023