ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ
މި މިނިސްޓްރީއަށް 10 ސްޓްރޭޗަރ، 04 ގޯލް ނެޓް (އޮފިޝަލް)، 15000 ޑިސްޕޮސަބަލް ތަށި (ފެންބޯތަށި) އަދި 25 ޑިސްޕެންސަރ ގަންނަން ބޭނުންވެގެން ކުރި ނަންބަރު: IUL)141-A/1/2015/6)ފ(08 ޖަނަވަރީ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ޔޫތު އެކޮމޮޑޭޝަން ބްލޮކް (ޝަބުނަމް މަގު) |
ބުދަ |
11 ފެބްރުވަރީ 2015 |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގޭގެ 3 ވަނަ ފަންގިފިލާއަށް) |
އަންގާރަ |
17 ފެބްރުވަރީ 2015 |
14:00 |
މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފަހުން މަޢުލޫމާތު ނޭރުވޭނޭ ވާހަކަ ދެންނެވީމެވެ.
06 ރަބީޢުލްއާޚިރު 1436