ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ ނަންބަރ: (IUL)101/1/2023/141
އިއިލާން
ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ބޭނުންވާ އެކައުންޓިންގް ސޮފްޓްވެއަރ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މި މިނިސްޓްރީގެ އިޢުލާން ނަންބަރު (IUL)101-AS/1/2023/130 (32 މެއި 2023) އާއި ހަވާލާދީ ދަންނަވަމެވެ. މިއިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑި، 12 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00 އަށް ބަދަލު ކުރެވިފައިވާ ވާހަކަ އާއްމުކޮށް އަންގައި އިޢުލާންކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން، މަތީގައި ދެންނެވިފައިވާ ސުންގަޑިއަށް، މި މިނިސްޓްރީ (ވެލާނާގެ 11 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މިއިޢުލާން އާއި ގުޅިގެން އެކައުންޓިންގް ސޮފްޓްވެއަރ ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑް ފޯމާއި ބިޑް އުސޫލު މި އިޢުލާނާއެކުވެސް އަލުން އެޓޭޗް ކުރެވިފައިވާނެއެވެ.
އަގު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި/ލިޔެކިއުން؛
- ފުރިހަމަކޮށް، ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
- އެސްޓިމޭޓް / ކޯޓޭޝަން (ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ހިމަނައިގެން)
- ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
- އަގުހުށަހަޅާ ސޮފްޓްވެއަރ ސިސްޓަމް / ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
- އަގުހުށަހަޅާ ތަކެތީގެ ކަންޓްރީ އޮފް އޮރިޖިން ބަޔާންކުރާ ލިޔުން.
- ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
- ފޯމް އޮފް ކޯޓޭޝަން (ގެޒެޓްގައި ހިމެނިފައި)
މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި/ލިޔުންތައް ހަމަ ނޫން ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
5 ޖޫން 2023