ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ ނަންބަރ: (IUL)101/1/2023/140
އިއިލާން
ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ވެހިކަލެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ އިއުލާންގެ މުއްދަތު އިތުރުކުރުން
މި މިނިސްޓްރީގެ ނަންބަރު (IUL)101-AS/1/2023/125 (12 މެއި 2023) އަދި ނަންބަރު IUL(101)/1/2023/136 (30 މެއި 2023) އިޢުލާން އާއި ހަވާލާދީ ދަންނަވަމެވެ. މިއިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑި، 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ބަދަލުކުރެވިފައިވާ ވާހަކަ އާއްމުކޮށް އަންގައި އިޢުލާންކުރަމެވެ.
އަދި މިއިއުލާންގެ ދަށުން ގަންނަ ވެހިކަލްގެ ވޮރެންޓީގެ މުއްދަތު، ރިކްއެސްޓްފޯރ ކޯޓޭޝަންގެ އެނެކްސްގައިވާ ސްޕެސިފިކޭޝަންއާއި އެއްގޮތްކުރުމަށް، ރިކްއެސްޓްފޯރ ކޯޓޭޝަންގައި ބަޔާންކޮށްފައިވާ މުއްދަތު އިސްލާހް ކުރެވިފައިވާނެ ވާހަކަ ދަންނަވަމަވެ.
ވީމާ ވެހިކަލް ސަޕްލައިކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން، 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީ (ވެލާނާގެ 11 ވަނަ ފްލޯ) އަށް ވަޑައިގެންއަގު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މިއިޢުލާން އާއި ގުޅިގެން ވެހިކަލް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑް ފޯމާއި ބިޑް އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އަގު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި/ލިޔެކިއުން؛
- ފުރިހަމަކޮށް، ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
- އެސްޓިމޭޓް / ކޯޓޭޝަން (ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ހިމަނައިގެން)
- ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
- އަގުހުށަހަޅާ ވެހިކަލް/ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
- އަގުހުށަހަޅާ ތަކެތީގެ ކަންޓްރީ އޮފް އޮރިޖިން ބަޔާންކުރާ ލިޔުން.
- ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
- ފޯމް އޮފް ކޯޓޭޝަން (ގެޒެޓްގައި ހިމެނިފައި)
މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި/ލިޔުންތައް ހަމަ ނޫން ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
5 ޖޫން 2023