ބީލަން
ނަންބަރު: (IUL)422-B1/422/2023/49
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 21:14
ސުންގަޑި: 11 ޖޫން 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގ.ދ ފިޔޯރީ ކައުންސިލް 1444 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުޅިވަރު ޙަރަކާތްތައް ރާވާ އިންތިޒާމް ކުރާނެ ކުލަބް، ޖަމްޢިއްޔާއެއް ހޯދުން.

1444 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ފިޔޯރީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ކުޅިވަރުތައް ރާވާހިންގާ ފަރާތެއް ހޯދުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 104 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ.

އެގޮތުން މި ކައުންސިލާއި ގުޅިގެން މިއަހަރު އަޟުޙާ ޢީދު ކުލަ ގަދަކޮށް ފާހަގަކުރުމަށް، އަޟުޙާ ޢީދު ޙަކަކާތްތައް ރާވާ އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ މިރަށަށް ނިސްބަތްވާ ކުލަބު، ޖަމްޢިއްޔާ ޖަމާއަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހިންގުމަށް ގަސްތުކުރާ ހަރަކާތްތަކާއި، ހަރަކާތް ހިންގުމަށް ކައުންސިލުން ބޭނުންވާ އެހީތެރިކަން އެގޭނެގޮތަށް އިވެންޓް ޕްރޮޕޯސަލް  ހުށަހަޅަންވާނެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 11 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ފިޔޯރީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

04 ޖޫން 2023