ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށާއި އިދާރާގެ ދަށުން ބަލަހައްޓަމުން ގެންދާ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމަށް މި އިދާރާއިން ފޯރުކޮށްދޭ ލިސްޓުގައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
05 ޖޫން 2023 އިން 07 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 އާ ހަމައަށް ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެންނެވެ. |
މަޢުލޫމާތު ދިނުން |
ބީލަމާގުޅިގެން ސާފުކުރަންޖެހޭ މައުލޫމާތެއްވާނަމަ 05 ޖޫން 2023 އިން 07 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން [email protected] އަށް އީމެއިލް ފޮނުވުމުން އެކަމުގެ މައުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. މައުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއްނުވެއެވެ. |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
14 ޖޫން 2023 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ. |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
15 ޒުލްޤަޢިދާ 1444
04 ޖޫން 2023