ދިވެހިރާއްޖެ
އިޢުލާން |
||||
ނަންބަރ: IUL)475-Schol/475/2023/101) |
ތާރީޚް: 4 ޖޫން 2023 |
|||
Moroccan scholarships for foreign students /20232024 |
||||
20 ފުރުޞަތު |
ޢަދަދު: |
ބެޗްލަރސް، މާސްޓަރސް ޑިގްރީ ، ޕީ.އެޗް.ޑީ |
ކޯހުގެ ފެންވަރު: |
|
މޮރޮކޯ |
ޤައުމު: |
ޔުނިވަރސިޓީ ތަކާއި އެ ޔުނިވަރސިޓީތަކުގެ ކޯސްތަކުގެ މަޢުލޫމާތު https://www.amci.ma/publications މި ވެބްސައިޓް އިން ލިބެންހުންނާނެ |
ކޯހުގެ ދާއިރާ |
|
ބެޗްލަރސް ޑިގްރީ 1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. 2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. 3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ: ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި. ނ. TOEFL 40 އިން ފެށިގެން މަތި. ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. 4. މި ސްކޮލަރޝިޕަށް ހުށައަޅާ ޔުނިވަރސިޓީ އަކުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން. 5. މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނީ އުމުރުން 19 އަހަރާއި 23 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މާސްޓަރސް 1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. މި ސްކޮލަރޝިޕަށް ހުށައަޅާ ޔުނިވަރސިޓީ އަކުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން. ޕީ.އެޗް.ޑީ 1. ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. މި ސްކޮލަރޝިޕަށް ހުށައަޅާ ޔުނިވަރސިޓީ އަކުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން. އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.
|
ކޯހުގެ ޝަރުތު: |
|||
1 ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ 2 ކޮޕީ 2. ފުލް ޓްރާންސްކްރިޕްޓްގެ 2 ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 4. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ 2 ކޮޕީ 5. މެޑިކަލް ސެޓްފިކެޓް (ނޮމިނޭޓްވުމުން ހުށަހެޅުމަށް) 6. ފަހުގެ ކުށުގެ ރިކޯޑް ( 4 ޖޫން 2023 ގެ ފަހުން ދޫކޮށްފައިވާ ރިކޯޑެއް) 7. އެޕްލިކޭޝަން ފޯމް 8. ކައުންސިލް އިން ދޫކުށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓްގެ 2 ކޮޕީ 9. އެޑްމިޝަން އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް 10. 2 ޕާސްޕޯޓް ސައިޒު ފޮޓޯ (ކުލަކޮށް އަދި އިންފޮމޭޝަން ޝީޓްގައިވާ މައުލޫމާތު ޕޮޓޯގަނޑުގެ ފަހަތުގައި ހިމެނޭގޮތަށް) |
ހުށަހަޅަންޖެހޭ ތަކެތި
|
|||
- މިސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުންނެވެ. - މި ކޯސްތައް ކިޔަވައިދޭން ފެށުމުގެ ކުރިން ފްރެންޗް ބަސް ކިޔަވާދޭންވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ކޯސްތަކުގެ ކިޔެވުން ހަމަޖެހިފައިވަނީ ފްރެންޗް ބަހުންނެވެ. - އިސްލާމިކް ސްޓަޑީސް ނުވަތަ ޢަރަބި ބަހާއި ލިޓްރޭޗަރ ގެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަށް ޢަރަބި ބަސް އެނގުން ލާޒިމެވެ. - މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ ވަނީ ހިލޭހަމަޖެހިފައެވެ. އަދި އެލަވަންސްއެއްގެ ގޮތުގައި ކޮންމެ މަހަކު 750 ދިރްހަމް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. ރެޖިސްޓްރޭޝަންފީ، ޓްރާންސްޕޯޓް ފަދަ އިތުރު ޚަރަދުތައް ހަމަޖައްސަންވާނީ ދަރިވަރު އަމިއްލަ އަށެވެ. - މި ސްކޮލަރޝިޕް ގެ ދަށުން ދަރިވަރުންނަށް މެޑިކަލް އިންސުއަރެންސް ލިބޭނެއެވެ. - މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުންނާއި https://www.amci.maމި ވެބްސައިޓުން ލިބެން ހުންނާނެއެވެ. - މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓް ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ އެޓެސްޓެޑް އޮރިޖިނަލް، ކޮޕީ ސެޓެއް އަދި މެޑިކަލް ސެޓްފިކެޓް 16 ޖުލައި 2023 ގެ 12:00 ކުރިން މިމިނިސްޓްރީއަށް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި މި އެޕްލިކޭޝަންއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލް މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ. * ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. * ސްކޮލަރޝިޕްގެ ވަގުތީ ނަތީޖާ އާންމުކުރާނެއެވެ. މި ނަތީޖާ އާންމުކުރާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުން އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ މުއްދަތަށް ބެލުމަށްފަހުގައެވެ. އަދި ވަގުތީ ނަތީޖާ އާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، މި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހެޅުމަށް ލިބޭ މުއްދަތުގައި އެޕްލިކޭޝަނަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެއެވެ. * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓް އަދި "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|||
ސުންގަޑި: 2 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން |
||||
ވަގުތީ ނަތީޖާ އާންމުކުރުން:9 ޖުލައި 2023 ވާ އާދީއްތަ ދުވަހު ދާއިމީ ނަތީޖާ އާންމުކުރުން: 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހު |
||||
އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026942 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |