ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-A/325/2023/32
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 31 ޖުލައި 2023 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫ ކައުންސިލް ފުޓްސެލް ފިއެސްޓަރ 2023 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން:

          

           ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 13 އޮކްޓޯބަރ 2023 ވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ " ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2023 " ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް މިފަޅުތެރޭގައިހިމެނޭ ތިންރަށުގެ އަންހެން/ ފިރިހެން ދެޖިންސަށް ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބ.ގޮއިދޫ ފުޓްސަލް ދަނޑުގައެވެ.

          މި މުބާރާތުގައި ބ.ގޮއިދޫ، ފެހެންދޫ،ފުޅަދޫ މި ރަށްރަށަށް ނިސްބަތްވާ ކޮންމެ ކުޅުންތެރިއަކަށްވެސް އެކުޅުންތެރިއަކު ބޭނުންވާ ޓީމަކަށް ކުޅުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނެއެވެ. އަދި ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު 2 ކުޅުންތެރިންނަށް ކުޅެވޭނެއެވެ.

ވަނަތައް:

  1. ޗެމްޕިއަންޓީމް އަންހެން/ ފިރިހެން: 20،000 (ވިހިހާސް ރުފިޔާ)
  2. ރަނަރަޕް ޓީމް އަންހެން/ ފިރިހެން: 10،000 (ދިހަހާސް ރުފިޔާ)

        ވިމާ މިމުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް 31 ޖުލައި 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭފޯރމް 02 ޖުލައި 2023 އިންފެށިގެން މިކައުންސިލްއިން ލިބެންހުންނާނެއެވެ.

                    މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 ޖޫން 2023