ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 12:44
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ އުޞޫލު

ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ އުޞޫލު

 

ތަޢާރަފާއި ނަން

 

1.

(ހ)

މިއީ، ގަވާއިދު ނަންބަރު: 2013/R-1350 "ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ޤަވައިދު" ގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާއިދު ނަގަހައްޓައި ހިންގުމައްޓަކައި އެކުލަވާލާފައިވާ ކުނި އުކާލުމާއި ކުނި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ.

 

 

(ށ)

ކުނި އުކާލާއި ނައްތާލުމުގައި ޢަމަލުކުރަންވާނީ މި އުޞޫލުގައިވާ ގޮތުގެ މަތިންނެވެ.

 

 

(ނ)

މި އުޞޫލަށް ޢާންމުކޮށް ކިޔާނީ "ކުނި އުކާލުމާއި ކުނި ނައްތާލުމުގެ އުޞޫލު" މިހެންނެވެ.

 

ޢަމަލު ކުރަންފަށާ ތާރީޙް

 

2.

 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، ކައުންސިލުން ފާސްކޮށް ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.

 

ކުނި މެނޭޖުކުރާނެ ތަން

 

3.

 

މި އުޞޫލުގެ ދަށުން ކުނިމެނޭޖް ކުރާނެ ތަނެއް ގޮތުގައި ހަމަޖެހިފައިވަނީ އދ.މަހިބަދޫގައި ޤާއިމްކޮށްފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށެވެ.

 

ކުނި އުފުލުން

4.

(ހ)

ކުނިގޮނޑަށް ނުވަތަ އެނޫންވެސް ތަނަކަށް ކުނި ގެންދަންވާނީ ޢާންމުންނަށް އުނދަގޫ ނުފޯރާގޮތަށް ރަނގަޅަށް ނިވައި ކުރެވިގެންނެވެ. މީހެއްގެ އަތުން ވިޔަސް ނުވަތަ ޚާއްސަ އުޅަނދެއް، ނުވަތަ ލޮރީ، ޕިކަޕް، ގާޑިޔާ، ވީލްބަރޯފަދަ އެއްޗެއްގައިވެސް ކުނި އުފުލަންވާނީ އެތަކެތި މަގުމައްޗަށް ނުފައިބާނެހެން ރައްކާތެރި ކޮށްގެންނެވެ.

 

 

(ށ)

ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް ކުނި އެޅިއްޖެނަމަ ވީހާވެސް އަވަހަކަށް އެތަނެއް ސާފުކުރަންވާނެއެވެ. ކުނިއެޅުނު ތަނެއް ސާފުނުކޮށްފިނަމަ މި އުޞޫލުގެ ބޭނުމަށް އެއީ މަގުމައްޗަށް ކުނިއެޅުން ކަމުގައި ބެލެވޭނެއެވެ. މިގޮތަށް އެޅޭކުނި ކައުންސިލުން ސާފުކުރާނެއެވެ. ސާފުކުރުމަށްފަހު އެތަނެއް ސާފުކުރުމަށްދިޔަ ޚަރަދު އެކަމަށް ޒިންމާވާ ފަރާތެއްގެ އަތުން ނަގާނެއެވެ.

 

ކުނިގޮނޑަށް ކުނިއެޅުން / ކުނިގޮނޑަށް ކުނި އެޅުމުގައި ޢަމަލުކުރަންޖެހޭ ގޮތް

 

5.

(ހ)

ކުނި މެނޭޖުކުރާ ސެންޓަރަށް ކުނި އަޅަންވާނީ އެ ސެންޓަރުގައި އެ ކުންޏެއް އެޅުމަށް ޚާއްޞަކުރެވިފައިވާ ތަނަކަށެވެ. އަދި ވަކި ބާވަތެއްގެ ކުނި އެޅުމަށް ކަނޑައެޅިފައިވާ ތަނަކަށް އެނޫން ބާވަތެއްގެ ކުނި އަޅައިފިނަމަ ކުނި އަޅަން ހަމަޖެހިފައިވާ ތަން ނޫން އެހެންތަނަކަށް ކުނިއެޅީކަމުގައި ބަލައި މި ޤަވާޢިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

 

(ށ)

ކައުންސިލުން ނޫން އެހެން ފަރާތްތަކުން ކުނިކޮށްޓަށް ކުނި ގެންދަންވާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 އިން 12:00 އަށް އަދި މެންދުރުފަހު 2:00 އިން 5:00 އާއި ދެމެދުގައެވެ. އަދި އެގޮތައް ގެންދާކުނި، އަޅަންވާނީ ކުނިކޮށީގައި ތިބޭ މުވައްޒަފުންގެ ތެރެއިން އެވަގުތަކު އިސްކޮށްހުރި މީހަކު ދައްކާތަނަކަށެވެ. އެނޫން ގަޑިއެއްގައި ކުނިކޮށްޓަށް ކުނި ގެންދަންވާނީ  ކައުންސިލްގެ ޚާއްޞަ ހުއްދަލިބިގެންނެވެ.

 

ކުނި އެންދުން

6.

(ހ)

ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުނި އަންދަންވާނީ އެ ނޫން އެއްވެސް ގޮތެއް ނެތްނަމައެވެ. އަދި ކުނި އަންދަން ޖެހިއްޖެ ޙާލަތެއްގައި ކުނި އަންދަންވާނީ ކުނި މެނޭޖްކުރުމާބެހޭ ޤަވަޢިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ޢާއްމު ޞިއްޙަތަށާއި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާނެ ގޮތުގެ މަތިންނެވެ. ކުނި އަންދަންވާނީ އެކަމަށް ކައުންސިލުން ކަނޑައަޅާ ދުވަހެއްގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. އަދި ދުވަސް ކަނޑައަޅަންވާނީ ވައި ދައުރުވާ ގޮތާއި، ކުނި މެނޭޖުރުމާބެހޭ ޤަވަޢިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހުގައެވެ.

 

 

(ށ)

ކުނިގޮނޑުގައި ކުނި އަންދަންވާނީ އެކަމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުގައި ނުވަތަ އެކަމަށް ޚާއްސަކޮށްފައިވާ މެޝިނުގައި ނުވަތަ ކުނި އަންދަން ހަދައިފައިވާ އަށީގައެވެ.

 

 

(ނ)

ގޭސް އަޅާފައިވާ ތަކެއްޗާއި، ޕްލާސްޓިކް އަދި ފައިބަރުފަދަ ތަކެއްޗާއި، އެ އެއްޗެއް އެންދުމުގެ ސަބަބުން ނުބައިވަހެއް ދުވައިފާނެ ތަކެއްޗާއި، އެ އެއްޗެއް އެންދުމުގެ ސަބަބުން ޞިއްޙަތަށް ގެއްލުންވާފަދަ ތަކެތި، އަނަދަންވާނީ ކުނިގޮނޑުގައި އެކަމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުގައި ނުވަތަ ޚާއްސަކޮށްފައިވާ މެޝިނުގައެވެ.

 

 

(ރ)

މި ޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ގޯތީގައި، އަމިއްލަ ބިމެއްގައި އަވައްޓަރިންނަށް އުނދަގޫވެދާނެ ފަދަ ގޮތަކަށް ކުނި އެންދުމަކީ މަނާކަމެކެވެ.

 

ކުނި ޖަމާކުރުމާއި ބެހެއްޓުން

 

7.

(ހ)

ސަރުކާރުގެ މުވައްސަސާތަކާއި، ކުންފުނި، ކުލަބްޖަމިއިއްޔާ ޖަމާޢައްތަކާއި، އަމިއްލަ ސްކޫލް ޓިއުޝަން ކްލާސްފަދަ ތަންތަނާއި، ވިޔަފާރިކުރާ ތަންތަނާއި، އަމިއްލަ މީހުންގެ ގޯތިތަކާއި، އަދި މިނޫންވެސް މިފަދަ ތަންތަނުގައި ކުނި ބަހައްޓަންވާނީ ތިރީގައި ދަންނަވާފައިވާ ގޮތުގެމަތިން ކުނީގެ ބައިތައް ވަކިކޮށްފައެވެ.

1)      ފަނާވެދާޒާތު ކުނި- ކާބޯތަކެތިން އުފެދޭ ކުނި. (މި ތަކެތި ބަހައްޓަންވާނީ މަތިޖެހި ޓައްޕެއްފަދަ އެއްޗެއްގައެވެ.)

-          ގަސްގަހުން އުފެދޭކުނި(މިތަކެތި ބަހައްޓަންވާނީ ޓައްޕެއްގައި ނުވަތަ ގޯންޏެއްގައި، ފަސޭހައިން ނަގައިގެން ގެންދެވޭފަދަ ގޮތަކަށެވެ.)

2)      މައުދަނާއި ބިއްލޫރި- ބިއްލޫރިފުޅި އާއި ތަށި، ދަޅު، އޫ ސަމުސާ، ވަޅި ފަދަ ދަގަނޑުން ހަދާފައިވާ ތަކެތި، އިސްކުރު، ބޯލްޓް ނަޓު ފަދަ ތެކެތި (މިތަކެތި ބަހައްޓަންވާނީ ޓައްޕެއްގައި ނުވަތަ ގޯންޏެއްގައި، ފަސޭހައިން ނަގައިގެން ގެންދެވޭފަދަ ގޮތަކަށެވެ.)

3)      ޕްލާސްޓިކު- ޕްލާސްޓިކު ފުޅި، ހޮޅި، އުލާއި ސަމުސާ، ދަޅު، ފަދަތަކެތި. (މިތަކެތި ބަހައްޓަންވާނީ ގޯންޏެއްގައެވެ.)

4)      އެހެނިހެން ބާވަތްތަކުގެ ކުނި- ނެޕީ، ކަރުދާސް، ފޮށިގަނޑު، ޕްލާސްޓިކު ކޮތަޅު، ގިނަ ބާވަތްތަކުގެ ތަކެތިން އުފައްދާފައިވާ އެއްޗެހި (މި ތަކެތި ބަހައްޓަންވާނީ ކޮތަޅަކަށް ނުވަތަ ގޯންޏަކަށް އަޅާފައެވެ.)

5)      ނުރައްކާތެރި ކުނި- އެސިޑް ބެޓެރީ، ކައްކާތެޔޮފިޔަވައި އެހެނިހެން ތެޔޮ، ގަސްކާނާގެ ގޮތުގައި ބޭނުންކުރާ ކެމިކަލްއާއި ޑަކްޓަރީ ބޭސްފަދަ ކެމިކަލް، ދޮވުމަށް ބޭނުންކުރާ ކެމިކަލް، ސިއްޙީ ދާއިރާއިން އެފެދޭ ކެމިކަލް އަދި ބަލި މީހުންނަށް ފަރުވާދީފައި ބާކީވާ އެންމެހާ ނުރައްކާތެރި ތަކެތި. (މި ތަކެތި ބަހައްޓަންވާނީ މީގެ އެއްވެސް އެއްޗެއް ބޭރުނުވާގޮތައް ޕްލާސްޓިކް ކޮތަޅެއް ނުވަތަ އެފަދަ އެއްޗެއްގައި ރައްކާތެރިކަމާއެކު ބަންދު ކޮށްފައެވެ.)

6)      ބޮޑެތި ކުނި- (ފަރުނީޗަރ، ފްރިޖް/ ދޮންނަމެޝިން ފަދަ އިލެކްޓްރޯނިކް ތަކެތި، ކޮންސްޓްރަކްޝަން ކުނި، ބޮޑެތި ތަކެތިން އުފެދޭ ކުނި)

 

 

(ށ)

މި މާއްދާ (ހ)ގައި ބަޔާންކޮށްފައިވާ ތަނެއްގައި ނުބައިވަސް ދުވާއެއްޗެއް ނުވަތަ އުކައިނުލައި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ފަދަ އެއްވެސް އެއްޗެއް 2 (ދޭއް) ދުވަހަށްވުރެ ގިނަ ދުވަހު ބަހައްޓައިގެން ނުވާނެއެވެ.

 

 

(ނ)

ގޯތީގައި އުފެދޭ އަދި އުފައްދާ ގާކުނޑިޔާއި، ވެއްޔާއި ސިނާއީ މަސައްކަތުން އުފެދޭކުނި އަޅަންވާނީ ކައުންސިލުން އެއިރެއްގައި ކަނޑައަޅާފައިވާ ސަރަހައްދަކަށެވެ.

 

ކުނި އުކާލުމުގެ ޚިދުމަތް ދިނުން

 

8.

(ހ)

އެއްވެސް ފަރާތަކުން ކުނި އުކާލުމާއި، ކުނި ނައްތާލުމުގެ ޚިދުމަތް ދޭންވާނީ " ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ޤަވައިދު" އާއި، މި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ތިރީގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.

 

 

(ށ)

ރަށުގައި ގޭގެއިންނާއި ތަންތަނުން ކުނި ނަގައި ޖަމާކުރުމާއި މެނޭޖުކުރުމުގެ މަސައްކަތް ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި ވަކި އުޞޫލެއްގެ ދަށުން ވަކި ފަރާތަކާ ޙަވާލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

(ނ)

މި މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، މަހިބަދޫ ކައުންސިލް މެދުވެރިކޮށް، ކުނީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން އެ ޚިދުމަތް ދެވޭނީ ކައުންސިލަށް ހުށަހަޅައި ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. ހުއްދައަށް އެދި ހުށަހަޅާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމަކުންނެވެ. މީގެތެރޭގައި މަހިބަދޫ ކައުންސިލް އިސްތިސްނާވާނެއެވެ.

 

 

(ރ)

މަހިބަދޫ ކައުންސިލް ފިޔަވައި ކުނީގެ ޚިދުމަތްދޭ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލަށް ކުނީގެ ފީ ނެގޭނެއެވެ.

1)      ހަނޑޫ، ހަކުރު އަދި ފުށްބަސްތާ ސައިޒުގެ ކުނި ގޯޏެކަށް -/5 ރުފިޔާ

2)      ހިލަ އަދި ހިލަވެލި ހުސްކުރާ ސައިޒުގެ ކުނި ގޯންޏެކަށް -/2 ރުފިޔާ

3)      ކުނިވާޒާތުގެ ކާބޯތަކެއްޗާއި ނެޕީ ފަދަ 20 ލީޓަރުގެ ޓައްޕަކަށް -/5 ރުފިޔާ

4)      ޖަންބޯ އާދައިގެ ގޯންޏަކަށް -/20 ރުފިޔާ

5)      ޖަންބޯ މެދު ސައިޒުގެ ގޯންޏެކަށް -/25 ރުފިޔާ

6)      ޖަންބޯ ބޮޑު ގޯންޏަކަށް -/30 ރުފިޔާ

7)      ބޮޑޫ އަތްގާޑިޔާލެއްގެ ކުންޏަކަށް -/30 ރުފިޔާ، ކުޑަ އަތްގާޑިޔާލެއްގެ ކުންޏަކަށް -/25 ރުފިޔާ، ބޮޑު ބަރޮލެއްގެ ކުންޏަކަށް -/10 ރުފިޔާ، ކުޑަ ބަރޮލެއްގެ ކުންޏަކަށް -/5 ރުފިޔާ

8)      ރަށު ޕިކަޕެކަށް -/25 ރުފިޔާ، 1 ޓަނު ހަމަނުވާ ޕިކަޕެއްގެ ކުންޏަކަށް -/30 ރުފިޔާ، 1 ޓަނު ޕިކަޕެއްގެ ކުންޏަކަށް -/50 ރުފިޔާ، 1.5 ޓަނު ޕިކަޕެއްގެ ކުންޏަކަށް -/65 ރުފިޔާ، 2 ޓަނު ޕިކަޕެއްގެ ކުންޏަކަށް -/75 ރުފިޔާ، 2.5 ޓަނަށްވުރެ ބޮޑު ޕިކަޕެއްގެ ކުންޏަށް -/100 ރުފިޔާ.

 

 

(ބ)

މި މާއްދާގެ (ރ)ގައިވާ ގޮތުގެމަތިން ކުނިއުކާލުމުގެ ޚިދުމަތްދޭ ފަރާތްތަކުން ފީނެގޭގޮތަށް ކުނި ގޮނޑަށް އަޅާކުނީގެ ރެކޯޑު ދެފަރާތުންވެސް ބަލަހައްޓަންވާނެއެވެ.

 

 

(ޅ)

މި މާއްދާގެ (ރ)ގައިވާ ގޮތުގެމަތިން ދައްކަންޖެހޭ ކުނީގެ ފައިސާ ދެފަރާތުން އެއްބަސްވާ ގޮތުގެއްގެމަތިން ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ދައްކަންވާނެއެވެ.

 

 

(ކ)

ކަނޑައަޅާފައިވާ ގޮތުގެމަތިން ކުނީގެ ފީގެގޮތުގައި ދައްކަންޖެހޭފައިސާ ނުދައްކައިފިނަމަ އެފަރާތަށް ދޫކޮށްފައިވާ ހުއްދަ ބާޠިލް ކުރެވޭނެއެވެ. އަލުން އެފަދަ ފަރާތަކަށް ހުއްދަ ދޫކުރެވޭނީ އެހާތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ.

 

ކައުންސިލުން ކުނި އުކާލުމުގެ ޚިދުމަތް ދިނުން

9.

(ހ)

ކައުންސިލުންވެސް ކުނިއުކާލުމުގެ ޚިދުމަތް ދޭންވާނީ " ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ޤަވައިދު" އާއި، މި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

 

(ށ)

ކުނި އުކާލުމުގެ ޚިދުމަތް ދެވޭނީ އެ ޚިދުމަތް ރަޖިސްޓްރީ ކުރުމަށް އެދި އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރިހަމަކޮށް ކައުންސިލަށް ހުށަހެޅުމުންނެވެ.

 

 

(ނ)

ކުނީގެ ޚިދުމަތާގުޅިގެން އެހާތަނަށް ދައްކަންޖެހޭ ފައިސާއެއް ނެތްނަމަ، ކުނީގެ ޚިދުމަތުން ވަކިވުމަށް އެދި އެކަމަށް ޚާއްސަކޮށްފައިވާ ފޯމް ފުރިހަމަކޮށް ކައުންސިލަށް ހުށަހެޅުމުން އެފަރާތެއް އެ ޚިދުމަތުން ވަކިކޮށް ދޭންވާނެއެވެ.

 

 

(ރ)

މި މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެމަތިން ކައުންސިލަށް ހުށަހަޅާ ފޯމްތަކަށް ލަސްވެގެން 03 ދުވަހުގެ ތެރޭގައި ކައުންސިލުން ގޮތެއް ނިންމައި އެކަން  އެފަރާތަކަށް އަންގަންވާނެއެވެ.

 

 

(ބ)

ކައުންސިލް މެދުވެރިވެގެން ކުނި އުކާލުމުގެ ޚިދުމަތް ހޯދާ ތަންތަނުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެތަންތަނުގައި ހުންނަ ކުނި ނަގައިގެން ކުނިގޮނޑަށް (ވޭސްޓް މެނޭޖްމަންޓް ސެންޓަރ) ގެންދެވޭނެއެވެ.

1)      މީހުން ދިރިއުޅޭގެތަކާއި، ސައިހޮޓާތައް ފަދަ ތަންތަނުން ދުވާލަކު އެއްފަހަރު. (ދުވާލަކު ދެފަހަރު ކުނިވާޒާތުގެ ކުނި ނަގާނަމަ މަހަކު އިތުރު -/50 ރުފިޔާ ޗާޖު ކުރެވޭނެއެވެ. އަދި ގޯތިތެރޭގައި އުފެދޭ އެހެންބާވަތްތަކުގެ ކުނި ހަފްތާއަކު 2 ފަހަރު ނަގާނަމަ އިތުރު -/50 ރުފިޔާ ޗާޖު ކުރެވޭނެއެވެ).

2)      މީހުން ދިރިއުޅޭ ގޭގެއިން އުކާލެވޭ ބޮޑެތި ކުނި (1 ދަތުރު  ނަމަ) 200/- ރުފިޔާއެވެ. (އުކާލެވޭ ވަގުތަށް) އެއްދަތުރަށްވުރެ އިތުރުވާނަމަ އިތުރުވާ ދަތުރަކަށް -/20 އެވެ. (އިތުރުވާ ކޮންމެ ބުރަކަށް)

3)      އިޖުތިމާޢީ ސަރަޙައްދުތަކުން މަދުވެގެން މަހަކު 2 ފަހަރު.

4)      ހުކުރު ދުވަސް، އަންގާރަ ދުވަސް، ހައްޖުދުވަސް، އަޟުޙާ ޢީދުދުވަސް، ފިޠުރު ޢީދު ދުވަސް، މިދުވަސްތަކު ކުނިނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ބަދިގޭގެ ބާކީއާއި، ނެޕީ ފަދަ ކުނިވާޒާތުގެ ތަކެއްޗެވެ.

5)      ރަމަޟާންމަހު ހުރިހާ ގޭބިސީ ތަކުން ޢާއްމުކޮށް ކުނި 2 ދުވަހުން އެއްދުވަހުއެވެ. ނަމަވެސް ހުރިހާ ދުވަހަކުވެސް  ކުނިވާޒާތުގެ އެއްޗިއްސާއި ނެޕީ ފަދަ ތަކެތި އުކާނެއެވެ.

 

 

(ޅ)

ކައުންސިލް މެދުވެރިކޮށް ކުނީގެ ޚިދުމަތް ހޯދާ ތަންތަނުން ކުނީގެ ބާވަތްތައް ވަކިކޮށް ގޯތިތެރޭގައި ފަސޭހައިން ނަގައިގެން ގެންދެވޭނެގޮތަކަށް ވަކި ތަނަކަށް ޖަމާކޮށްފައި ބެހެއްޓުމަކީ ތަނުގެ ވެރިފަރާތުގެ ނުވަތަ ޙަވާލުވެހުރި ފަރާތުގެ ޒިންމާއެކެވެ. މިގޮތަށް އުކާލުމައްޓަކާ ޖަމާކުރެވޭކުނި ހުންނަންވާނީ ގޯނި، ޓައްޕު، ފަދަ ތަކެއްޗަށް އަޅާ ބަންދުކޮށްފައެވެ. 2 މީހުންނަށް ނުއުފުލެވޭވަރުގެ ބޮޑެތި ޖަންބޯ ބޭގަށް ކުނި އަޅައިފައި ބަހައްޓައިގެން ނުވާނެއެވެ.

 

 

(ކ)

މީހުން ދިރިއުޅޭ ތަންތަނާއި ހޮޓާފަދަ ، ކާބޯތަކެތީގެ ބާވަތްތައް އުފައްދައި ކައިބޮއި ހަދާ ތަންތަނުން ކުނީގެ ޚިދުމަތަށް މަހަކަށް އަގުނަގާ ގޮތް ތިރީގައި ބަޔާކޮށްފައި އެވަނީއެވެ.

1)      ކޮންމެ ގޭބިސީއަކުން -/150ރ (އެއްސަތޭކަ ފަންސާސް ރުފިޔާ)

2)      ސައިހޮޓާތަކުން -/400ރ (ހަތަރުސަތޭކަ ރުފިޔާ)

3)      ގެސްޓްހައުސްތަކުން ކޮންމެ ކޮޓަރިއަކުން -/50ރ (ފަންސާސް ރުފިޔާ)

 

 

(އ)

ސަރުކާރުގެ މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނީގެ ޚިދުމަތަށް މަހަކަށް އަގުނަގާ ގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

ދުވާލަކު އެއްފަހަރު

ދެދުވަހުން އެއްދުވަހު

ހަފްތާއަކު އެއްދުވަހު

މަހަކު

ދެ ދުވަހު

-/500ރ

-/400ރ

-/300ރ

-/200ރ

 

 

 

(ވ)

މި މާއްދާގެ (ކ) އަދި (އ)ގައި ހިމަނައިފައިވާ ތަންތަން ފިޔަވައި އެހެންތަންތަނުން ކުނީގެ ޚިދުމަތަށް މަހަކަށް އަގުނަގާ ގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

ތަނުގެ ނަން

ދުވާލަކު އެއްފަހަރު

ދެދުވަހުން އެއްދުވަހު

ހަފްތާއެކު އެއްދުވަހު

މަހަކު ދެ ދުވަހު

ވިޔަފާރިކުރާ ފިހާރަތައް

-/400ރ

-/300ރ

-/200ރ

-/100ރ

ކާޕެންޓްރީއާއި ވޯކްޝޮޕް ފަދަ ތަންތަނުން

-/450ރ

-/350ރ

-/250ރ

-/150ރ

މީހުން ދިރިނޫޅޭ ފަޅުގޯތިތަކުން

-/200ރ

-/150ރ

-/100ރ

-/50ރ

އަމިއްލަ ސުކޫލް، ޓިއުޝަންކުލާސް ފަދަ ތަންތަނުން

-/450ރ

-/350ރ

-/250ރ

-/150ރ

ކުލަބު ޖަމްޢިއްޔާތަކުގެ އިދާރާތަކުން

-/200ރ

-/150ރ

-/100ރ

-/50ރ

 

 

 

(މ)

ކުނީގެ ޚިދުމަތުގެ އަގަށް ދައްކަންޖެހޭ ފައިސާ ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލްގެ އިދާރާއަށް ނުވަތަ ކައުންސިލުން އަންގާ ފަރާތަކަށް ދައްކަންވާނެއެވެ.

 

 

(ފ)

ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުނީގެ ޚިދުމަތުގެ އަގު ނުވަތަ ފީ ނުދައްކާ އޮވެއްޖެނަމަ ދެން ކުނީގެ ޚިދުމަތުގެ އަގު ނުވަތަ ފީ ބަލައިގަނެވޭނީ އިތުރުވާ ކޮންމެ ދުވަހަކަށް -/1ރ. (އެއް ރުފިޔާ)ގެ ޖޫރިމަނާއާއި އެކުގައެވެ. (ދުވަސްތައް ގުނުމުގައި ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭނެއެވެ.)

 

 

(ދ)

ކުނީގެ ފީ ނުދައްކައި މަހަކަށްވުރެ ގިނަދުވަސް ވެއްޖެނަމަ، ޚިދުމަތް ދިނުން މެދުކަނޑާލެވޭނެއެވެ. އަދި އަލުން ޚިދުމަތް ދޭންފެށޭނީ އެހާތަނަށް ނުދައްކާއޮތް ފައިސާއެއް ދެއްކުމުންނެވެ.

 

ޚާއްސަ ޙާލަތުގައި ނަގަންޖެހޭ ކުނި

 

10.

 

ޚާއްސަ ޙާލަތުގައި ނަގަންޖެހޭ ކުނިކަމަށް ބަލާނީ ގާ ކުނޑިއާއި ރުއްގަސްކޮށުމާއި ކެނޑުމުގެ ސަބަބުން އުފެދޭ ނުވަތަ އުފައްދާ، ހަނޑޫ ބަސްތާ ސައިޒުގެ 2 (ދޭއް) ގޯންޏަށްވުރެ ގިނަ ކުންޏެވެ. ގާކުނޑި ކުނިގޮނޑަށް ގެންގޮސް ނައްތާލުމަށް ހަމަޖެހިފައިނުވާތީ ގާކުނޑި އަޅަންވާނީ ކައުންސިލުން  އެކަމަށްޓަކައި ކަނޑައަޅާ ޚާއްސަ ތަނަކަށެވެ. ގާކުނޑީ އުކާލުމުގެ ކުރިން ކޮންމެ ފަހަރަކުވެސް ކައުންސިލުން ހުއްދަ ނަގަންވާނެއެވެ.

 

އެހެނިހެން ކަންތައްތައް

 

11.

(ހ)

ކުނިގޮނޑަށް އުކާލާ އެއްވެސް އެއްޗެއް، ކައުންސިލްގެ ހުއްދަ ލިބިގެންނޫނީ ނަގައިގެންނުވާނެއެވެ.

 

 

(ށ)

ކުނީގެ ޚިދުމަތް ހޯދުމަށް ކައުންސިލުގައި ރަޖިސްޓަރީ ނުކުރާ ފަރާތެއްގެކުނި، ކައުސިލުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްގައި ކުނީގެތެރޭގައި ހިމަނައިގެން ނައްތާލަން މަސައްކަތްކުރުމަކީ މަނާކަމެކެވެ.

 

 

(ނ)

ފެންހިންދާ ވަޅުތަކުގައި އުފެދޭ ތަކެތި ގޯތިން ބޭރަށް ގެންދާނަމަ، ނައްތާލަންވާނީ ކައުންސިލުން ހަމަޖައްސާގޮތެއްގެ މަތިންނެވެ.

 

 

(ރ)

މި އުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު "ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވައިދު" ގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.

 

 

(ބ)

މި އުޞޫލަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން މި އުޞޫލުގެ ސަބަބުން ނުވަތަ މި އުޞޫލާ ގުޅިގެން ނުވަތަ މި އުޞޫލަށް ޢަމަލުކުރުމުގައި ނުކުންނަ އެންމެހައި މައްސަލަތަކާއި އަދި މި އުޞޫލުގައި ނެތްކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް ކައުސިލުން ފާސްކޮށް ނިންމާ ނިންމުންތައް މި އުޞޫލުގައި ހިމަނަންވާނެއެވެ.

 

 

(ޅ)

މި އުޞޫލާ ޚިލާފުވެގެން ކުރާ ޖުރިމަނާ ފައިސާ ނުވަތަ ފީގެ ގޮތުގައި ފައިސާ ދައްކަންވާނީ މި ކައުންސިލަށެވެ.

 

 

(ކ)

މި އުޞޫލާއި ޚިލާފުވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ އެކަން ޙައްލު ކުރާނީ ޝަރުޢީ ކޯޓަށް ހުށަހަޅައިގެންނެވެ.

 

މިޢުޞޫލުގެ ދަށުން ކަނޑައަޅާ ޖުރިމަނާ ތަކާ ފީތައް ކަނޑައެޅުން:

 

12.

 

މި ޢުޞޫލު ނަގަހައްޓައި ހިންގުމަށްޓަކައި ކައުންސިލްގެ އިޙްތިޞާސްތެރޭގައި ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ކަނޑަ އަޅަންޖެހޭ ފީ އާއި ކުލި ކައުންސިލުން ކަނޑަ އަޅަންވާނެއެވެ. އެގޮތުން ނަގާނެ ފީ އަދި ކުލި ބެހިގެންވާގޮތް މި އުޞޫލުގެ 8 (އަށެއް) ވަނަ މާއްދާގެ (ރ) އަދި 9 (ނުވަ) ވަނަ މާއްދާގެ (ބ) (ކ)، (އ)،(ވ)، (ފ) ގައި އެވަނީއެވެ.

 

މާނަ ކުރުން

13.

(ހ)

"ކައުންސިލް" ކަމަށް ބުނެފައިއެވަނީ މިޢުޞޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޙާބުކޮށްފައިވާ އދ.މަހިބަދޫ ކައުންސިލަށެވެ.

 

 

(ށ)

"ކުނި ގޮނޑު" ކަމަށް ބުނެފައިއެވަނީ މިޢުޞޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުން ކުނި އަޅާނޭ ތަން ކަމުގައި ކަނޑައަޅާ ތަންތަނެވެ.

 

 

(ނ)

"ކުނި" ކަމަށް ބުނެފައި އެވަނީ، އުކާލެވޭ އެންމެހައި ތަކެއްޗަށާއި ހަލާކުވެފައިހުންނަ ތަކެއްޗާއި އެ ތަކެތީގެ ބައިބަޔަށާއި، ކުނިވާ ޒާތުގެ ތަކެއްޗާއި، ޕްލާސްޓިކް ކޮތަޅު ފަދަ ތިމާވެށްޓަށް ނުރައްކާތެރި ބާވަތްތަކުގެ ތަކެތި ފަދަ އެންމެހައި ތަކެއްޗަށެވެ.

 

04 ޖޫން 2023

04 ޖޫން 2023