ދިވެހިރާއްޖެ
މިސްކޫލްގެ ސެކިއުރިޓި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ މި ބީލަމުގައި ބައިވެރިވާން ޝަވްޤުވެރިވާ ފަރާތްތަކުން 05 ޖޫން 2023 އިން 13 ޖޫން 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ރަޖިސްޓްރީ ކުރެއްވުމަށް: ކުންފުނި/ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ރެޖިސްޓަރީ ކުރެވޭނެއެވެ ([email protected])ނުވަތަ 6888626 އަށް ގުޅުއްވައިގެން ނުވަތަ ސްކޫލަށް ވަޑައިގެންވެސް ރަޖިސްޓަރީ ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 15 ޖޫން 2023 ވަނަ ދުވަހުގެ ކުރިން މިސްކޫލަށް މެއިލްކުރެއްވުން އެދެމެވެ.
| # | ތަފްސީލް | ތާރީޚް | ގަޑި | 
| 1 | އަންދާސީހިސާބު ހުށަހެޅުން | 22 ޖޫން 2023 (ބުރާސްފަތި) | 13:00 | 
04 ޖޫން 2023