ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2023/075
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 07 ޖޫން 2023 12:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލިޓުލް ބިގް އައިލެންޑު ފެސްޓިވަލްގައި ކެންޓީން ހިންގުމާ ގުޅޭ

2023 ޖޫން 10 ގައި ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ "ދަ ލިޓުލް ބިގް ފެސްޓިވަލް 2023" ގައި އަމިއްލަ އުފެއްދުންތައް ވިއްކުމަށް ގާޑިޔާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން 4 (ހަތަރު) ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ ގާޑިޔާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޖޫން 7 ޖޫން ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އިޢުލާނުގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވުން އެދެމެވެ.

މިކަމަށް އެދި ރަޖިސްޓްރީ ވެފައިވާ ފަރާތްތައްކުގެ އަދަދު ހަތަރު ފަރާތައްވުރެ އިތުރުވާނަމަ ފުރުޞަދު ދޭނެ ފަރާތްތައް ކަނޑައަޅާނީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

ލިންކު: https://shorturl.at/BPZ45

04 ޖޫން 2023