ޢާންމު މަޢުލޫމާތު
ނަންބަރު: ( IUL)252/252/2023/37
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2023
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި:
08 ޖޫން 2023 00:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ބަނދަރު ސަރަހައްދުން ދިގުމުއްދަތަކަށް ވިޔަފާރި އުޞޫލުން ބިން ދޫކުރުން
ނަމްބަރ:( IUL)252/252/2023/37
އިޢުލާން
ހއ.ފިއްލަދޫ ބަނދަރު ސަރަހައްދުން ދިގު މުއްދަތަކަށް ވިޔަފާރި ބިމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ.
- 1. ގުދަން ކުރުމާއި ގަރާޖް ވޯރކްޝޮޕް ހެދުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ހއ.ފިއްލަދޫ ބަނދަރު ސަރަހައްދު ( ސްލޮޓް ނަންބަރު:A to T 68.1 )
- ބިމުގެ ބޮޑުމިން: 1200 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 20 ބިން
- ބިމުގެ މުއްދަތު: 25 އަހަރު
- 2. ގުދަން ކުރުމާއި ގަރާޖް ވޯރކްޝޮޕް ހެދުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ހއ.ފިއްލަދޫ ބަނދަރު ސަރަހައްދު ( ސްލޮޓް ނަންބަރު:A 59.7 )
- ބިމުގެ ބޮޑުމިން: 3208 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 3 ބިން
- ބިމުގެ މުއްދަތު: 25 އަހަރު
- 3. ގުދަން ކުރުމާއި ގަރާޖް ވޯރކްޝޮޕް ހެދުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ހއ.ފިއްލަދޫ ބަނދަރު ސަރަހައްދު ( ސްލޮޓް ނަންބަރު:B to E 59.7 )
- ބިމުގެ ބޮޑުމިން: 1926 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 4 ބިން
- ބިމުގެ މުއްދަތު: 25 އަހަރު
- 4. ފިހާރަ ނުވަތަ ސްޓޯރ ހެދުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ހއ.ފިއްލަދޫ ބަނދަރު ސަރަހައްދު ( ސްލޮޓް ނަންބަރު:A to F 73.1 )
- ބިމުގެ ބޮޑުމިން: 997 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 6 ބިން
- ބިމުގެ މުއްދަތު: 25 އަހަރު
- 5. ޕެޓްރޯލް ޝެޑް ހެދުންމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ހއ.ފިއްލަދޫ ބަނދަރު ސަރަހައްދު ( ސްލޮޓް ނަންބަރު: 64 )
- ބިމުގެ ބޮޑުމިން: 1981 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 2 ބިން
- ބިމުގެ މުއްދަތު: 25 އަހަރު
- 6. އައިސް ޕްލާންޓް ހެދުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ހއ.ފިއްލަދޫ ބަނދަރު ސަރަހައްދު ( ސްލޮޓް ނަންބަރު: 61 )
- ބިމުގެ ބޮޑުމިން: 2045 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 1 ބިން
- ބިމުގެ މުއްދަތު: 25 އަހަރު
- 7. ހޮޓާ ރެސްޓޯރަންޓް ހެދުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ހއ.ފިއްލަދޫ ބަނދަރު ސަރަހައްދު ( ސްލޮޓް ނަންބަރު: 59.8 A )
- ބިމުގެ ބޮޑުމިން: 3104 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 1 ބިން
- ބިމުގެ މުއްދަތު: 25 އަހަރު
- 8. ހޮޓާ ރެސްޓޯރަންޓް ހެދުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ހއ.ފިއްލަދޫ ބަނދަރު ސަރަހައްދު ( ސްލޮޓް ނަންބަރު: 59.8 B )
- ބިމުގެ ބޮޑުމިން: 3563 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 1 ބިން
- ބިމުގެ މުއްދަތު: 25 އަހަރު
ބިން ކުއްޔަށްހިފުމަށް ކުރިމަތިލެވޭނެ ފަރާތްތަކުގެ ޝަރުތުތައް:
- މި މާއްދާގެ (ހ) އަދި (ށ) ގައި ހިމެނޭ ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.
ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް:
- ބިމުގެ ކުލި80% : މިބަޔަށްމާރކްސްދޭނީ އެންމެ ބޮޑު އަގެއް ހުށަހަޅާ އަގަކީ ބެންޗްމާރކެއް ކަމުގައި ބަލައިގެން ކްރައިޓީރީއަށް ދެވިފައިވާ ހުށަހަޅާފައިވާ ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގަށެވެ.
- މުއްދަތު %5 : މިބަޔަށްމާރކްސްދޭނީ އެންމެ ދިގުކޮށް ހުށަހަޅާ މުއްދަތަކީ ބެންޗްމާރކެއް ކަމުގައި ބަލައިގެން ކްރައިޓީރީއަށް ދެވިފައިވާ ހުށަހަޅާފައިވާ ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ދިގު މުއްދަތަކަށެވެ. މިބަޔަށް އެންމެ މަދުވެގެން ހުށަހެޅޭނީ މީލާދީ 06 (ހައެއް) އަހަރެވެ.
- މާލީ ޤާބިލްކަން %5 : މިބަޔަށް މާރކްސްދޭނީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ އެކައުންޓް ސުޓޭޓްމަންޓްގެ ވޭދުވެދިޔަ 03 މަސް ދުވަހުގެ އެވްރެޖް ބެލެންސް އަކީ 10000ރ (ދިހަހާސް) ރުފިޔާ ކަމުގައިވާނަމަ މިބަޔަށް ލިބޭ އެންމެ މަތިން ޕޮއިންޓް ލިބޭނެއެވެ. އެވްރެޖް ބެލެންސް 10000ރ (ދިހަ ހާސް) ރުފިޔާ އަށްވުރެން ދަށްކަމުގައިވާނަމަ މިބަޔަކަށް ޕޮއިންޓެއް ނުލިބޭނެއެވެ.
- ހއ. ފިއްލަދޫގެ ރަށްވެއްސެއް ނުވަތަ ފިއްލަދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރީއެއް ނަމަ : އެއްބިމަކަށް ދެފަރާތުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާފައިވާނަމަ ހއ.ފިއްލަދޫގައި ރަޖިސްޓްރީކޮށް ހިންގާ ވިޔަފާރިއަކަށް ނުވަތަ ހއ.ފިއްލަދޫ ރަށްވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ނުވަތަ ފިއްލަދޫ ރައްޔިތެއްގެ ހިއްސާއޮންނަ ކުންފުންޏެއްނަމަ މިބަޔަށް ކަނޑައެޅިފައިވާ އެންމެ މަތިން ޕޮއިންޓް ދެވޭނެއެވެ.
- ޕޮއިންޓްގެ ގޮތުން އެއް ފަރާތައްވުރެ ގިނަ ފަރާތް އެއްވަރު ވެއްޖެނަމަ ބިން ލިބޭ ފަރާތެއް ހޮވާނީ ޕޮއިންޓް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ 14 ޖޫން 2023 ވާ ބުދަ ދުވަހުގެ 13:00 ށެވެ. ރަޖިސްޓްރީ ކުރާ ފޯމާއި ޕްރޮޕޯސަލް ހުށައަޅާ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.
21 ޛުލްޤައިދާ 1444
31 މެއި 2023
31 މޭ 2023