ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-190/2015/05
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 02 ފެބުރުވަރީ 2015 15:00
ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ލެބް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ލެބް އެސިސްޓެންޓް

މަޤާމުގެ ބާވަތް:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ލ. ދަނބިދޫ ސްކޫލް / ލ. ދަނބިދޫ، ދިވެހިރާއްޖެ

މަޤާމުގެ ރޭންކް:

ޖީ އެސް 3 

މަޤާމުގެ ކުލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

4465.00

ސަރވިސް އެލަވަންސް:

1500.00

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

 

(ހ) ސްކޫލުގެ ސައެންސް ލެބޯޓްރީގައިވާ ހުރިހާ އިކުއިޕްމެންޓާއި ކެމިކަލާއި އެހެނިހެން ތަކެތީގެ ރިކޯޑު ބެލެހެއްޓުމާއި، އެތަކެތި ހުންނަންވާ ތަންތަނުގައި ރައްކާތެރިކަމާއެކީ ބެހެއްޓުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން.

(ށ) ޓޭބަލްކުރެވިފައިވާގޮތަށް ލެބޯޓްރީ ގަޑިތަކަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމާއި، އެ ގަޑިތައް ނެގުމުގައި ޓީޗަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ގަޑި ނިމިގެން، ބޭނުންކުރި ހުރިހާ އެއްޗެއް ސާފުކޮށްފައި ހުންނަންވާ ތަންތަނަށް ލައި ރައްކާކުރުން. 

(ނ) ލެބޯރޓްރީއަށް ކާނާގެ އެއްވެސް ބާވަތެއް ނުވެއްދުމާއި، ކެމިކަލްފަދަ ތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ ވަގުތުން ކަމާބެހޭ ފަރާތަށް އަންގައިގެން އަވަސް ޙައްލު ހޯދުން.

މަޤާމުގެ ޝަރުޠު:

 

 

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި:

 

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:

- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

- މަޤާމަށް މީހުން ހޮވުމުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2015 ފެބުރުވަރީ 2 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، ލ. ދަނބިދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ. އީ.މެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected]  އަށް މެއިލްކުރުން އެދެމެވެ.

އިންޓަވިއު:

މި މަޤާމަށް އިންޓަވިއުކުރުން އޮންނާނެ ދުވަހާއި ގަޑި، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ފަހުން އަންގާނެއެވެ.

 އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް:     

- ފޯން: 6800740 ފެކްސް: 6800809 އީމެއިލް: [email protected]

4 ރަބީޢުލްއާޚިރު 1436

25 ޖަނަވަރީ 2015