ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-RM/PRIV/2023/01
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 14 ޖޫން 2023 14:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ކުރެންދޫ، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ.

ޅ. ކުރެންދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮންޓްރެޓްކް ކޮށްފައިވާ ފަރާތުން އެމަސައްކަތް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދިއުމުގެ ސަބަބުން، އެމަސައްކަތް އެފަރާތުން ވަކިކޮށް، އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށްޓަކައި އަލުން އިޢްލާން ކުރަމެވެ.

 

         ވީމާ، އެމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 14 ޖޫން  2023ވާ ބުދަދުވަހުގެ 14:00ގެ ކުރީން މިއިދާއަށް ލިޔުމަކުން ހުށަހަޅުއްވައިގެން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރޭޝަން ފޮނުއްވާނީ [email protected] އަށެވެ. ބިޑް ހުށަހެޅުން އޮންނާނީ 22 ޖޫން 2023ވާ ބުރާސްފަތި ދުވަހުގެ 13:30ގައި މިއިދާރާގައެވެ.

 

         ބިޑް ރަޖިސްޓްރީކުރުމަށް ފޮނުއްވާ ލިޔުމުގައި މިދަންނަވާ މަޢްލޫމާތު ހިމަނަންވާނެއެވެ.

1-   ޙަވާލާދޭ އިޢްލާން ނަމްބަރު (މެއިލް އިން ފޮނުއްވާ ނަމަ "ސަބްޖެކްޓް" ގައި އިޢްލާން ނަމްބަރު ޖެއްސެވުން)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަމްބަރު

4-   އީމެއިލް އެޑްރެސް

5-   މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

6-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، ޕްރީ ބިޑް މީޓިންގ ގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޑިޓީ ކާޑުގެ ސާފު ފޮޓޯ ކޮޕީ ފޮނުއްވަންވާނެއެވެ.

 

         މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

04 ޖޫން 2023