ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: TENDER/URH/2023/29
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 08:08
ސުންގަޑި: 12 ޖޫން 2023 13:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ 25 ކޮމްޕިއުޓާރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ 25 ކޮމްޕިއުޓާރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ 25 ކޮމްޕިއުޓާރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް)

ތާރީޚް: (މުއްދަތު) – 03 ޖޫން 2023 ހޮނިހިރު ދުވަހުން ފެށިގެން 12 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް.

އީމެއިލް: [email protected] ފޯނު ނަންބަރ: 6583712

އަންދާސީ ހިސާބު ހުށައެޅުއްވުން

އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.

ތާރީޚް: 15 ޖޫން 2023 ވާ ބުރާސްފަތި ދުވަސް ގަޑި: 13:00 (މެންދުރުފަހު)

 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓް އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583712 އަށް ގުޅުއްވުން އެދެމެވެ.

03 ޖޫން 2023