މަސައްކަތް
ނަންބަރު: (IUL)434-PRC/434/2023/150
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 23:27
ސުންގަޑި: 13 ޖޫން 2023 09:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީގެ ދަށުން ހިންގާ 4 ސެންޓަރުގައި ކެމެރާ ސިސްޓަމް ހަރުކޮށް ސެޓަޕް ހަދާ ބޭނުންކުރެވޭގޮތް ހެދުމަށް އަދި 2 ސެންޓަރުގެ ކެމެރާ ސިސްޓަމް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ދަށުން ހިންގާ 4 ސެންޓަރުގައި ކެމެރާ ސިސްޓަމް ހަރުކޮށް ސެޓަޕް ހަދާ ބޭނުންކުރެވޭގޮތް ހެދުމަށް އަދި 2 ސެންޓަރުގެ ކެމެރާ ސިސްޓަމް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 4 ޖޫން 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމްތައް، މަސައްކަތުގެ މަޢުލޫމާތު ޝީޓް، ސެންޓަރުތަކުގެ ލޭއައުޓް ޑްރޯވިންގ އަދި ކެމެރާ ސިސްޓަމް އައިޓަމްސް ސްޕެސިފިކޭޝަން އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުން

13 ޖޫން 2023 (އަންގާރަ)

09:00

(މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް، (ސީޓްރެކް ބިލްޑިންގ / ދެވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

ނުވަތަ

ޑީ.ޑީ.ސީ.އާރުސީ /  ސ. ހިތަދޫ

ނުވަތަ

ވިލުނު ސެންޓަރ / ސ. ހުޅުމީދޫ

ނުވަތަ

ޑީ.ޑީ.ސީ.އާރުސީ /  ޏ. ފުވައްމުލައް

03 ޖޫން 2023