ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A4/425/2023/3
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 22:14
ސުންގަޑި: 10 ޖޫން 2023 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުމާލޭގައި ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަ ދޫކުރުމާ ގުޅޭ

ހުޅުމާލޭގައި ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވާނެ ގޮތުގެ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން، 22 ޖޫން 2023 ން ފެށިގެން 1 ޖުލައި 2023 ގެ ނިޔަލަށް، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހުޅުމާލޭގައި ބާއްވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު، ހުޅުމާލޭ އަމިން އެވެނިއު މޭޕްލް ބިލްޑިންގެ 1 ވަނަ ފަންގިފިލާގައި ހުންނަ މިކައުންސިލްގެ ހުޅުމާލޭ ސެކްޝަނުނަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފުރިހަމަ ނުވާ ފޯމު އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއް މަދުވެއްޖެނަމަ ފޯމު ބާތިލް ކުރެވޭނެއެވެ.

  1. ފުރިހަމަ ނަން: (ވިޔަފާރި/ޖަމްޢިއްޔާގެ ރަޖިސްޓްރީގައިވާ ގޮތަށް)
  2. ރަޖިސްޓްރީ ނަންބަރު:
  3. މާކެޓް އިންތިޒާމް ކުރުމާއި، ހިންގުމުގައި ޒިންމާވާ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ފުރިހަމަ ނަމާއި މިހާރު ދިރިއުޅޭ އެޑްރެހާއި އައިޑީކާޑު ނަންބަރު އަދި ފޯނު ނަންބަރު:
  4. ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ އުޞޫލާ އެއްގޮތަށް ޢަމަލު ކުރާނެކަން ބަޔާންކޮށް ސޮއިކޮށްފައިވާ ޤަރާރު:  

މާކެޓް ބޭއްވުމަށް ހޮވޭ ފަރާތަށް މާކެޓް ބޭއްވުމުގެ ހުއްދަ ދޫކުރެވޭނީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަންޖެހޭ 50,000 (ފަންސާސް ހާސް) ރުފިޔާ މާލެ ސިޓީކައުންސިލަށް ދެއްކުމުންނެވެ. އަދި މާކެޓް ބޭއްވުމަށް ހުއްދަ ދެވުނު ފަރާތުން، އެއްވެސް ސަބަބަކާހެދި މާކެޓް ނުބޭއްވުމަށް ނިންމައިފިނަމަ، ޑިޕޮސިޓް ފައިސާ ދޫކުރެވޭނީ ޑެޕޮސިޓްގެ 50% ކެނޑުމަށްފަހުގައެވެ.

 

ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށްއެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ  4 ޖޫން 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 10 ޖޫން 2023 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށެވެ. ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ އަމިން އެވެނިއު މޭޕްލް ބިލްޑިންގެ 1 ވަނަ ފަންގިފިލާގައި ހުންނަ މިކައުންސިލްގެ ހުޅުމާލޭ ސެކްޝަނުން، ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30ން މެންދުރުފަހު 13:30 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 ން ފެށިގެން މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 ޖޫން 2023