ދިވެހިރާއްޖެ
އިޢުލާން
02 އަހަރު ދުވަހުގެ މުއްދަތަށް މިހޮސްޕިޓަލުގެ އިމާރާތާއި ގޯތީގެ ކުނިކަހައި ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުން
މިހޮސްޕިޓަލްގެ ނަންބަރު: (IUL)FAH-A-2/FAH/2023/13 (11 އޭޕްރިލް 2023) ޢިޢުލާނާއި ގުޅިގެން ގެޒެޓް ކުރެވުނު މަޢުލޫމާތު ކަރުދާސް ފުރިހަމަ ނުވާތީ އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ([email protected]) އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 ޖޫން 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ފ.އަތޮޅު ހޮސްޕިޓަލްގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ކުރިން ރަސްމީ ގަޑީގައި 6740050 އަށް ގުޅައިގެން ނުވަތަ ([email protected]) އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ޙަވާލާދެވިފައިވާ ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.