ދިވެހިރާއްޖެ
އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ (ލޮޓް ނަންބަރު 68.2) 35000 އަކަފޫޓްގެ ބިންސިނާއީ މަސައްކަތްތަކަށް ކުއްޔަށް ހިފުމަށް ބީލަން އުޞޫލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް (ބިޑްގަތުމަށް އެދޭ ފޯމް ގައި ބަޔާންކޮށްފައިވާ) ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
| 
 ތަފްޞީލް  | 
 މުއްދަތު  | 
 ގަޑި  | 
 ތަން  | 
| 
 ކުލީބިމަށް އެދޭ ފޯމް ވިއްކުން (ކުލީބިމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 5000.00 ރުފިޔާއަށް )  | 
 12 ޖޫން 2023 ވާ ހޯމަ ދުވަހުން ފެށިގެން 26 ޖޫން 2023 ވާ ހޯމަ ދުވަހަށް  | 
 ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00  | 
 ހިންމަފުށީ ކައުންސިލްގެ އިދާރާއިން  | 
| 
 މަޢުލޫމާތު ދިނުން  | 
 3 ޖުލައި 2023 ވާ ހޯމަ ދުވަސް  | 
 މެންދުރު 13:30  | 
 ހިންމަފުށީ ކައުންސިލްގެ އިދާރާ  | 
| 
 ބިޑު ހުށަހެޅުން ( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )  | 
 17 ޖުލައި 2023 ވާ ހޯމަ  | 
 މެންދުރު 13:00  | 
 ހިންމަފުށީ ކައުންސިލްގެ އިދާރާ  | 
ބިޑް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ބިޑްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ. އަދި ބިޑްފޯމްގަތުމަށްފަހު ބިޑްފޯމްގަތް ފައިސާ އަބުރާ ދެވެންނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.