ބީލަން
ނަންބަރު: (IUL)386/386/2023/34
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 12 ޖޫން 2023 14:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ގުރައިދޫ މަސްމާރުކޭޓް ކައިރީގައިވާ ގުދަން ކުއްޔަށް ދިނުން

ތ.ގުރައިދޫ މަސްމާރުކޭޓް ކައިރީގައިވާ ގުދަން ކުއްޔަށް ދިނުން

                                                                        

            ތ.ގުރައިދޫ މަސް މާރުކޭޓް ގުދަން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

            ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާއި ޢާއްމު ރައްޔިތުންނަށެވެ.

            މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 12 ޖޫން 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލަށް ވަޑައިގެން ރެޖިސްޓްރީ ކުރައްވަން ވާނެއެވެ.

            ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 13 ޖޫން 2023 ވަނަ ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ގުދަނުގެ ޗާރޓެއް މި އިޢުލާނާއި އެކު ގެޒެޓް ކުރެވިފައި ވާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 13 ޖޫން 2023 ވަނަދުވަހުގެ  14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

 

އެޑްރެސް : ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން : 6780715

އީމެއިލް އައިޑީ : [email protected]

ބީލަން ހުޅުވުން އޮންނާނީ 22 ޖޫން 2023 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖޫން 2023