ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MRH/2015/02
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 03 ފެބުރުވަރީ 2015 10:00
މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އޮފީސް ފަރުނީޗަރު ގަންނަން

އޮފީސް ފަރުނީޗަރު ގަންނަން ބޭނުންވެއްޖެ.

މިހޮސްޕިޓަލަށާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ އޮފީސްމޭޒު، ފައިލިންގ ކެބިނެޓް، ބުކްޝެލްފް، ގޮނޑިފަދަ ފަރުނީޗަރު ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ, މިތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން 03 ފެބުރުވަރީ 2015 ދުވަހުގެ 10:00 އަށް މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 10:00 އަށް މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިހޮސްޕިޓަލްގެ 6720605 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

08 ރަބީޢުލްއާޚިރު 1436

29 ޖަނަވަރީ 2015