ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2023/56
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:58
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމުންނަށް އުނދަގޫވާ ގޮތަށް ހުރި ރުއްގަހާއި ތަކެއްޗާއި ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު، ޤާނޫނު ނަންބަރު 7/2010 ގެ 24 ވަނަ މާއްދާގެ (ހ) އިން ރަށުގެ މަގުތައް ބެލެހެއްޓުމަކީ ކައުންސިލަށް މަތިކޮށްފައިވާ ޒިންމާއެކެވެ.

މިރަށުގެ ބައެއް ގޯތިތަކުގައި ހައްދާފައިވާ ރުއްގަހުގެ ފަނާއި ގަހުގެ ބައިތަކުގެ ސަބަބުން އަދި  މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތީގެ ސަބަބުން މަގުބޭނުންކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވެ، ބައެއްފަހަރު ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ

މިރަށުގެ ގޯތިތަކުގައި ހައްދާފައިވާ ރުއްގަހުގެ ފަނާއި ގަހުގެ ބައިތަކުގެ ސަބަބުން ނުވަތަ މަގުމަތީގައި ބަހައްޓާފައިވާ ތަކެތީގެ ސަބަބުން، މަގުގައި ހިނގާބިގާވާ ފަރާތްތަކާއި ދުއްވާ ތަކެއްޗަށް އުދަގޫވެ، އަދި ޚާއްޞަކޮށް މަގުބޭނުންކުރާ ފަރާތްތަކަށް ނުރައްކާވާގޮތަށް ކައުންސިލްގެ ހުއްދަ ނުނަގާ މަގުމަތީގައި ބަހައްޓާފައި ހުރި ތަކެތި ނަގާ، މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިކަމެއް ނެތި މަގު ބޭނުން ކުރެވޭގޮތަށް ގޭގެ ވެރިފަރާތުން އަމަލު ކުރުމަށް އިލްތިމާސް ކުރަމެވެ.

ގޯތިތަކުގައި ހައްދާފައިވާ ގަސްރުކާއި މަގުތަކުގައި ބަހައްޓާފައިވާ ތަކެތީގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ހުރި ތަކެއްޗާއި މަގު ބޭނުންކުރާ ފަރާތްތައް ނުރައްކަލަކަށް ވާގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި  މިކައުންސިލުން ނަގާ މަގަކީ އެންމެންނަށް އަމާން ތަނަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖޫން 2023