ދިވެހިރާއްޖެ
އިޢުލާން
2023 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސް ހިމެނުމަށް ވަނީ ހަމަޖެހިފައިއެވެ. މި ކޯހަށް އެޕްލައިކުރުން 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯހަށް އަދި 2023 ވަނަ އަހަރު 2 ވަނަ ޓާމުގައި ފެށުމަށް ހަމަޖެހިފައިވާ އެހެނިހެން ކޯސްތަކުގެ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޯލޮޖީ
- އެޑްވާންސްޑް ސެޓްފިކެޓް އިން އިންފޮރމޭޝަން ޓެކްނޮލޮޖީ – ޏ. ފުވައްމުލައް
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތަވާލައްވާ:
https://mnu.edu.mv/application-announcements-2023-term-2/
12 ޛުލްޤަޢިދާ 1444