ދިވެހިރާއްޖެ
މިޑިޕާޓްމަންޓް ހިނގަމުންދާ ވެލާނާގޭގެ އޭ.ބްލޮކްގައި ބަހައްޓާފައިވާ (މިޑިޕާޓްމަންޓްގެ) އެއަރކޯން ސިސްޓަމްގެ އައުޓްޑޯ ޔުނިޓް ވީ.އާރު.ވީ 2 އިން ވީ.އާރު.ވީ 3ކިއު އަށް ބަދަލު ކުރުމާބެހޭ
މިޑިޕާޓްމަންޓް ހިނގަމުންދާ ވެލާނާގޭގެ އޭ.ބްލޮކްގައި ބަހައްޓާފައިވާ (މިޑިޕާޓްމަންޓްގެ) އެއަރކޯން ސިސްޓަމްގެ އައުޓްޑޯ ޔުނިޓް ވީ.އާރު.ވީ 2 އިން ވީ.އާރު.ވީ 3ކިއު އަށް ބަދަލު ކުރުމަށް ބޭނުންވެގެން މިޑިޕާޓްމަންޓުން ކުރި ނަންބަރު: IUL)133-AS-1/2015/3) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަތީ 1(އެކެއް) ފަރާތުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 04 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް 11 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން ދެއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
04 ރަބީޢުލްއާޚިރު 1436