ދިވެހިރާއްޖެ
ނ. މާފަރުން ސިޔާސި ޕާޓީތަކަށް ބިންދޫކުރުމާ ގުޅޭ
ނ. މާފަރު ގައި ދެމެހެއްޓެނިވި ގޮތެއްގައި ސިޔާސީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ސިޔާސީ ޕާޓީ ތަކަށް ބިންދޫކުރުމަށް ހުޅާވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީތަކުގެ ޤާނޫނު) އަށް ރިޢާއަށްކޮށް އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީކޮށް ހިންގަމުން ގެންދާ ސިޔާސީ ޕާޓީ ތަކަށެވެ. މި ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި، ބީލަން ހުށައަޅާ ފޯމް، ބިން އޮތް ސަރަހައްދު އަންގައިދޭ ޗާޓް އަދި ސިޔާސީ ޕާޓީތަކަށް ބިންދޫކުރުމަށް ނ. މާފަރު ކައުންސިލުން ފާސްކޮށްފައިވާ އުސޫލު އެއްކަރުދާސްކޮށް ޝާއިޢުކުރަމެވެ.
މި ބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. ބީލަން ހުށައެޅުން އޮންނާނީ 11 ޖޫން 2023 ވާ އާދިއްތަ 13:00 ގައި މާފަރު ކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި އޮންނާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޛުލްޤައިދާ 1444