ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-103/GS-103/2023/4
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 08 ޖޫން 2023 12:00
ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
2023-2024 ވަނަ ދިރާސީ އަހަރަށް ފައުންޑޭޝަން ސްޓޭޖްގެ އެލް.ކޭ.ޖީއަށް ކުދިން ވެއްދުމާއި ގުޅޭ

އިއުލާން    

2024-2023 ވަނަ ދިރާސީ އަހަރަށް ފައުންޑޭޝަން ސްޓޭޖްގެ އެލް.ކޭ.ޖީއަށް ކުދިން ވެއްދުމާއި ގުޅޭ

 

             2024-2023 ވަނަ އަހަރަށް އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި އުމުރު ބެލުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި ބަޔާން ކުރެވިފައި އެވަނީއެވެ.

 

ގުރޭޑް

2024-2023 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު

އެލް.ކޭ.ޖީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

 

              ވީމާ، އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން 2023 ޖޫން  08 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެޑްމިޝަން ފޯމް ފުރުމަށްފަހު ސުކޫލު އޮފީހަށް ހުށައެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ މިއަދުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށެވެ.

              އަދި ދަންނަވަމެވެ. އެހެނިހެން ގުރޭޑުތަކާއި ގުޅެން ބޭނުންވާ ދަރިވަރުންވެސް މިމުއްދަތުގެ ތެރޭގައި ފޯމް ހުށައެޅުމަކީ ސުކޫލްގެ ވަރަށްބޮޑު އެދުމެކެވެ. ޔޫ.ކޭ.ޖީ އަދި ގުރޭޑް 01 އަށް ގުޅެވޭނީ ނުވަތަ އެއްސުކޫލުން އަނެއް ސުކޫލަށް ބަދަލުކުރާނީ ތިރީގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.

ގުރޭޑް

2024-2023 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

ގްރޭޑް 1

ފައުންޑޭޝަން ސްޓޭޖް (އެލް.ކޭޖީ އާއި ޔޫ.ކޭ.ޖީ) ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

 

             މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6540580 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

             ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

01 ޖޫން 2023