ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)30-C/30/2023/128
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 12 ޖޫން 2023 10:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މިމިނިސްޓްރީގެ ފަރާތުން ކަނދުފަތި ޤާއިމުކުރުމަށް ބޭނުންކުރާ މޫރިންގ ސިސްޓަމްގެ ބައެއް ތަކެތި 02 އަހަރު ދުވަހުގެ މުއްދަތަށް ތައްޔާރުކޮށް ފެޑް ސެންޓަރަށް (ހުޅުމާލެ) އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖޫން 2023 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282އަދި 3339267 ނަންބަރު ފޯނަށެވެ.

01 ޖޫން 2023