ދިވެހިރާއްޖެ
ގަމު ހޮސްޕިޓަލަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް 1 (އެކެއް) އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް، މި އިދާރާގެ ގުރަހަ މާލަމަށް ވަޑައިގެންދެއްވުން އެދެމެވެ.
ރަޖިސްޓަރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ އެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމް ފޮނުއްވާނީ މި އިދާރާގެ އީމެއިލް [email protected] އަށެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވާ ތާރީޚު |
އަންދާސީ ހިސާބު ހުށަހެޅުމަށް |
15 ޖޫން 2023 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން |
19 ޖޫން 2023 (ހޯމަ) ދުވަހުގެ 10:30 (ގުރަހަ މާލަން) |
އަދި ދަންނަވަމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ އެއްވެސް ފަރާތެއްގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6805905 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.