ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)KRH-PLD/2023/83
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2023
ޕަބްލިޝްކުރި ގަޑި: 17:47
ސުންގަޑި:
11 ޖޫން 2023 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އީ.އެން.ޓީ އަށް ބޭނުންވާ އިންސްޓްރޫމަންޓްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން.
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އީ.އެން.ޓީ އަށް ބޭނުންވާ އިންސްޓްރޫމަންޓްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ.
ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 31 މޭ 2023 ވާ ބުދަ ދުވަހުން ފެށިގެން 11 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކުރުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 4 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 31 މޭ 2023 ވާ ބުދަ ދުވަހުން ފެށިގެން 12 ޖޫން 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާ ގުޅުންހުރި ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
- ބީލަން ހުށަހަޅާއިރު ހުށަހަޅަންވާނީ މައުލޫމާތު ކަރުދާހުގައި ދެވިފައިވާ އިރުޝާދާއި އެއްގޮތަށް ކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ.
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 19 ޖޫން 2023 (ހޯމަ ދުވަސް)
- ގަޑި: 11:00 ގައި
31 މޭ 2023