ޢާންމު މަޢުލޫމާތު
ނަންބަރު: 294/2023/02
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2023
ޕަބްލިޝްކުރި ގަޑި: 16:32
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މަނަދޫގެ ވައު ބޭނުންކުރުމުގެ އުޞޫލު

ނ.މަނަދޫގެ ވައު ބޭނުންކުރުމުގެ އުޞޫލު

1

(ހ)

މި އުޞޫލަކީ ނ.މަނަދޫގެ ވަލުގެ ސަރަޙައްދު (މިހާރު ވަލުގެ ގޮތުގައި ބޭނުންކުރެވޭ ޖަންގަލި ހިމެނޭ އެންމެހާ ސަރަޙައްދާއި އަދި ބަންޑާރަ ރުއްގަހުގެ ގޮތުގައިވާ އެންމެހާ ރުއްގަސް ހިމެނޭ ސަރަޙައްދު) އިން ފަނާއި، އޮށްކެޔޮ، ކާށި އަދި ދަރުފަދަ އެންމެހާ ތަކެތި ހޮވުމާއި މިފަދަ އެންމެހާ ބޭނުންތަކަށް ވަލުގެ ސަރަޙައްދު ބޭނުންކުރުމުގައި ހުރިހާ ފަރާތްތަކަކުންވެސް އެއް ހަމައަކުން ޢަމަލު ކުރުމަށްޓަކައި ހެދިފައިވާ އުޞޫލެކެވެ.

(ށ)

މި އުޞޫލު އެކުލަވާލާފައި މިވަނީ ޤާނޫނު ނަންބަރ 2010/07 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނުގެ 23 ވަނަ މާއްދާގެ (ބ) ގެ ދަށުން މި ކައުންސިލްއަށް ލިބިދޭ އިޙްތިޔާރުގެ ދަށުންނެވެ.

ވަލުގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަޙައްދުތައް

2

(ހ)

ވަލުގެ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަޙައްދަކީ، މިހާރު ވަލުގެ ގޮތުގައި ބޭނުންކުރެވޭ ޖަންގަލި ހިމެނޭ އެންމެހާ ސަރަޙައްދާއި އަދި ބަންޑާރަ ރުއްގަހުގެ އެންމެހާ ރުއްގަސް ހިމެނޭ ސަރަޙައްދެވެ.

ވަލަށްވަދެވޭނެ ގަޑިތަކާއި މަނާ ގަޑިތައް

3

(ހ)

ވަލަށްވަދެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ހަވީރު 17:30 އަށެވެ. ހަވީރު 17:30 ގެ ފަހުން   ވަލުގައި އުޅުމަކީ މަނާކަމެކެވެ.

(ށ)

ހުކުރު ދުވަހުގެ ހެނދުނު 11:00 އިން 13:00 އަށް ވަލަށްވަދެ، އެއްވެސް ބޭނުމެއް ކުރުމަކީ މަނާކަމެކެވެ.

މަނާ ކަންތައްތައް

4

(ހ)

އަމިއްލަ ފަރުދެއްގެ ރުކަކުން ނުވަތަ ގަހަކުންވިއަސް އެރުކެއް ނުވަތަ ގަހެއްގެ ވެރިފަރާތުގެ ހުއްދަނެތި ކާށި ހޮވުމާއި ފަންވެރުމާއި، ފަންކެނޑުމާއި އޭނުންވެސް އެއްވެސް އެފަދަ އަމަލެއް ކުރުމަކީ މަނާކަމެކެވެ.

(ށ)

ވަލުތެރޭގައި ހެދިފައިހުންނަ ކަށިކެޔޮ، މިދިލި އަދި މިނޫންވެސް ތިމާވެށި ޙިމާޔަތްކޮށްދޭ އެއްވެސް ބާވަތެއްގެ ގަހަކުން އަފި ކެނޑުމާއި އަދި ގަސްކެނޑުމާއި މިފަދަ އެއްވެސް ގަހަކަށް ގެއްލުންދިނުމަކީ މަނާކަމެކެވެ.

(ނ)

ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ޤަވާއިދުގެ ދަށުން ޙިމާޔަތްކޮށްފައިވާ އެއްވެސް ގަހަކުން އަފި ކެނޑުމާއި އަދި ގަސްކެނޑުމާއި މިފަދަ އެއްވެސް ގަހަކަށް ގެއްލުންދީ ހެދުމަކީ މަނާކަމެކެވެ.

ޖޫރިމަނާކުރުމާއި ފިޔަވަޅުއެޅުން

5

(ހ)

މިއުޞޫލާއި ޚިލާފުވާފަރާތްތަކާއިމެދު މި މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

(ށ)

މި އުޞޫލާއި ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި އަދި އިތުރަށް އަޅާނެ ފިޔަވަޅުތައް ތިރީގައި އެވަނީއެވެ.

1.       ފުރަތަމަ ފަހަރު 500/-ރ (ފަސްސަތޭކަ ރުފިޔާ) ޖޫރިމަނާކުރުން.

2.       ދެވަނަ ފަހަރަށް ތަކުރާރު ވެއްޖެނަމަ 1000/-ރ (އެއްހާސް ރުފިޔާ) ޖޫރިމަނާކުރުން.

3.       ތިންވަނަ ފަހަރަށް ތަކުރާރު ވެއްޖެނަމަ 1500/-ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ) ޖޫރިމަނާކުރުން.

4.       މީގެ އިތުރަށް ތަކުރާރު ވެއްޖެނަމަ 4 (ހަތަރެއް) މަސް ދުވަހަށް އެމީހަކު ވަލަށް ވަނުން މަނާ ކުރެވޭނެއެވެ.

ޢަމަލު ކުރަންފެށުން

6

(ހ)

މިއުޞޫލައް ޢަމަލުކުރަން ފަށާނީ، ނ.މަނަދޫ ކައުނސްލްގެ އާންމު ބައްދަލުވުމަކުން މިއުޞޫލު ފާސްކުރާ ދުވަހުން ފެށިގެންނެވެ. (މިއީ 2023 ވަނަ އަހަރުގެ މަނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 76 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ އުޞޫލެކެވެ.)

24 މޭ 2023