މަސައްކަތް
ނަންބަރު: GS22/2023/016
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2023
ޕަބްލިޝްކުރި ގަޑި: 15:59
ސުންގަޑި: 11 ޖޫން 2023 12:00
ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ފޮރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

މިސްކޫލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 01 ޖޫން 2023 އިން 11 ޖޫން 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 12:00 އަށް މިސްކޫލްގެ އީމެއިލް([email protected]) މެދުވެރިކޮށް ނުވަތަ ލިޔުމަކުން މިސްކޫލަށް ހުށަހަޅާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާއިރު ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

  1. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
  2. ގުޅޭނެ މޯބައިލް ނަމްބަރު:
  3. ވިޔަފާރި ރަޖިސްޓަރ ނަމްބަރ.
  4. އީމެއިލް އެޑްރެސް

މިމުއްދަތުގެ ތެރޭގައި ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެއެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 ޖޫން 2023 ވާ އާދިއްތަދުވަހުގެ 12:00 ގެ ކުރިން މިސްކޫލަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މިސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ބަލައިގަތުން

ތާރީޚް: 12 ޖޫން 2023

ތާރީޚް: 20 ޖޫން 2023

ގަޑި: 10:30

ގަޑި: 10:30

ތަން: ޅ.އަތޮޅު ތައުލީމީ މަރުކަޒު

ތަން: ޅ.އަތޮޅު ތައުލީމީ މަރުކަޒު

 

އެކްޓިވިޓީ ޔުނިފޯމް ފޯރުކޮށްދިނުމަށް އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަށް ފުރުސަތުދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

          އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6620010 ނަމްބަރު ފޯނާއެވެ.

31 މޭ 2023