ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-EDSS/247/2023/90
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 20 ޖޫން 2023 00:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފެމިލީ ފަން" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

          1444 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ފެމިލީ ފަން" ކުޅިވަރު ތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

          ކުޅިވަރުތަކުގައި ބައިވެރިވުމަށް އެންމެ މަދުވެގެން 4 ފަރާތް އަދި ގިނަވެގެން 8 ފަރާތް ހިމެނޭގޮތަށް ޓީމް ހަދައި ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓު ކުރުމުގެ އެންމެ ފަހު ތާރީޚަކީ 2023 ޖޫން 20 ވަނަ ދުވަހުގެ މެންދުރު 13:30 އެވެ.

          ފެމިލީ ފަން ކުޅިވަރުތަކުގެ ތެރެއިން އެންމެ ކާމިޔާބު 3 ފެމިލީއަށް ޚާއްސަ އިނާމުތަކެއް ކަނޑައެޅިފައިވާ ވާހަކަ ދަންނަވަމެވެ. ނަންނޯޓް ކުރުމާއި އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 7699248 އަދި 9689022 މިނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

           11 ޛުލްޤައިދާ 1444

31 މޭ 2023