މަސައްކަތް
ނަންބަރު: (IUL)321-A/321/2023/142
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 04 ޖޫން 2023 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫ އިޖުތިމާއީ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުން

 (IUL)321-A/321/2023/142 :ނަންބަރު

އިޢުލާން

ބ.ތުޅާދޫ އިޖުތިމާއީ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރު (IUL)321-A/321/2023/132 (28 މެއި 2023) އިޢުލާނާ ގުޅިގެން ބ.ތުޅާދޫ އިޖުތިމާއީ ސަރަހައްދު ސާފުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް އަގުބަލާ ފޯމް ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެކަމަށް އެދި އަގުބަލާ ފޯމް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ތަފްސީލް މި އިދާރާއިން ދޫކުރާ (ބ.ތުޅާދޫ، އިޖުތިމާއީ ސަރަހައްދު ސާފުކޮށްދިނުމަށް އަގު ހުށަހަޅާ ފޯމް) އަގުބަލާ ފޯމާއި އެއްހީރަސްކުރެވިފައި ވާނެއެވެ.

އަގުބަލާ ފޯމްތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

2023 ޖޫން 04 ވާ އާދީއްތަ ދުވަހުގެ 10:00 ގައި

އިތުރު މަޢުލޫމާތު:

  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ބ.ތުޅާދޫ އިޖުތިމާއީ ސަރަހައްދު ސާފުކޮށްދިނުމަށްއެދި" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2023 ޖޫން 04 ވާ އާދީއްތަ ދުވަހުގެ 10:00 ށް އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  11  ޛުލްޤަޢިދާ 1444

31 މޭ 2023