ދިވެހިރާއްޖެ
`
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ކުޑަރިކިލު، ދިވެހިރާއްޖެ
Secretariat of the Kudarikilu Council, South Maalhosmadulu
Kudarikilu, Rep of, Maldives
(IUL)313-F/313/2023/41 ނަންބަރު
އިޢުލާން
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު މިނީ ފުޓްބޯޅަދަނޑު ޓާފް ބަދަލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
ބީލަން ހުށަހެޅުމުގެ ދައުވަތު
ބ.ކުޑަރިކިލުގައި މިނީ ފުޓްބޯޅަދަނޑު ޓާފް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 ޖޫން 2023 ވާ ހޯމަ ދުވަހުގެ 10:00 ގެކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، އީމެއިލްގެ ޒަރިއްޔާއިން ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަންވެރިން ރަޖިސްޓްރީ ކުރުން: |
30 މެއި 2023 އިން 5 ޖޫން 2023 ވަނަ ދުވަހުގެ 10:00 އަށް، |
ޕްރީ ބިޑް މީޓިންގ: |
5 ޖޫން 2023 ވަނަދުވަހުގެ 10:30 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. |
ބިލާން ހުށަހެޅުމާއި، ހުޅުވުން: |
13 ޖޫން 2023 ވަނަދުވަހުގެ 10:00 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި، |
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ވިޔަފާރިތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރާގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާ
ފޯން ނަންބަރ : 4000079
އީމެއިލް : [email protected]
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ޛުލްޤައިދާ 1444
31 މެއި 2023