މަސައްކަތް
ނަންބަރު: (IUL)459-A/1/2015/4
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 04 ފެބުރުވަރީ 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކެއަރޕްލޭން ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދުން

"ކުޑަކުދިންގެހިޔާއާއި އަމާން ހިޔާގައި ބަލަހައްޓަމުންގެންދާ ކުޑަކުދިންނަށް ކެއަރޕްލޭން ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދުން"

މިމިނިސްޓްރީއާއި ސައިވާކްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުޑަކުދިންގެހިޔާއާއި އަމާންހިޔާގައި ބަލަހައްޓަމުންގެންދާ ކުޑަކުދިންނަށް ކެއަރޕްލޭން ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް 4 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ- 1ވަނަ ފަންގިފިލާ) ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 9 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިމިނިސްޓްރީ (ހުރަވީ ބިލްޑިންގ- 1ވަނަ ފަންގިފިލާ) ގައެވެ.

އަދި ދަންނަވަމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 3013017 ނަންބަރުން މިމިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނާ ގުޅުއްވުން އެދެމެވެ.

6 ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015