ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-EDSS/247/2023/89
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 04 ޖޫން 2023 00:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "މާލި ބޭންޑް" ޙަރަކާތް ތައްޔާރުކުރުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ

އިޢުލާން

1444 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "މާލި ބޭންޑް" ޙަރަކާތް ތައްޔާރުކުރުމުގެ ކުރިޔަށް ގެންދިޔުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. "މާލި ބޭންޑް" ގައި މަދުވެގެން 20 މާލި ހިމަނަންވާނެއެވެ.

ހުށަހަޅާ ކަރުދާހުގައި ހިމަނަންޖެހޭ ބައިތަކާއި އެ ބައިތަކަށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

ހިމަނަންޖެހޭ ބައިތައް

މާރކްސް

-      20 މާލި ތައްޔާރު ކޮށްދޭނެ އަގު

20%

-      މާލި ޑާންސްގެ ޢަދަދު

10%

-      އަގު ނުނަގާ ތައްޔާރު ކޮށްދޭނެ މާލީގެ ޢަދަދު

10%

-         މާލީގެ ވައްތަރުތައް

10%

ޖުމްލަ

50%

          އެހެންކަމުން "މާލި ބޭންޑް" ތައްޔާރުކޮށް ހުށަހަޅައިދޭނެ ގޮތުގެ ކަރުދާހާއިއެކު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2023 ޖޫން 04 ވަނަ ދުވަހުގެ މެންދުރު 13:30 އެވެ.

           އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7965646 މި ނަންބަރަށެވެ.  

            މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

           11 ޛުލްޤައިދާ 1444

      

31 މޭ 2023