ބީލަން
ނަންބަރު: B9C-A/2023/7
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2023
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 04 ޖޫން 2023 13:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމް، މެޖިސްޓްރޭޓް ރޫމް މަރާމާތުކޮށް އަދި ފާޚާނާއެއް އިމާރާތްކުރުން

                                                             ނަންބަރު: B9C-A/2023/7

                                                                    

                     ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކޯޓުން ކުރި ނަންބަރު: B9C-A/2023/6 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

   1.1.    މިކޯޓުގެ ކޯޓު ރޫމާއި މެޖިސްޓްރޭޓް ރޫމް މަރާމާތުކޮށް ފާޚާނާއެއް ޢިމާރާތްކުރުމުގެ މަސައްކަތް

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

      I.  ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

      II.  ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

      III.  ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

      IV.  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ދިވެހި ވިޔަފާރިތައް

  1. މިމަސައްކަތާއި ގުޅޭ ތަފްޞީލް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޖޫން 04 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިކޯޓު (ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2023 ޖޫން 11 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިކޯޓު (ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް، ހދ.ނޮޅިވަރަން ، ދިވެހިރާއްޖެ ،ފޯން: 6521679 ، 6528958 އީ-މެއިލް: [email protected]

31 މޭ 2023