ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS34/2023/09
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2023
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 08 ޖޫން 2023 12:00
ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
2024-2023ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖްގެ އެލްކޭޖީއަށް ކުދިން ވެއްދުމާ ގުޅޭ

އިޢުލާން

 (IUL)GS34/2023/09 ނަމްބަރ                                                               

 

2023 - 2024 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަށް ކުދިންވެއްދުމާއި ގުޅޭ

 

2023 - 2024 ވަނަ އަހަރަށް އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި އުމުރު ބެލުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި ބަޔާން ކުރެވިފައި އެވަނީއެވެ.

 

ގުރޭޑް

2023 - 2024 ވަނަ އަހަރު ދަރިވަރުން ވައްދާ ޢުމުރުފުރާ

އެލް. ކޭ. ޖީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

 

              ވީމާ، އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން 2023 ޖޫން  08 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެޑްމިޝަން ފޯމް ފުރުމަށްފަހު ސްކޫލު އޮފީހަށް ހުށައެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2023 ޖޫން  01 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ.

            އަދި ދަންނަވަމެވެ. އެހެން ގުރޭޑުތަކާއި ގުޅެން ބޭނުންވާ ދަރިވަރުންވެސް މިމުއްދަތުގެ ތެރޭގައި ފޯމް ހުށައެޅުމަކީ ސްކޫލްގެ ވަރަށްބޮޑު އެދުމެކެވެ. ޔޫ.ކޭ.ޖީ އަދި ގުރޭޑް 1 އަށް ގުޅެވޭނީ ނުވަތަ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ ތިރީގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.

ގުރޭޑް

2023 - 2024 ވަނަ އަހަރު ދަރިވަރުން ވައްދާ ޢުމުރުފުރާ

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 ން 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން.

ގުރޭޑް 1

ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން.

              މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6540059 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

             ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

31 މޭ 2023