މަސައްކަތް
ނަންބަރު: (IUL)321/321/2015/2
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 12 ފެބުރުވަރީ 2015 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްލިޕްވޭ އަޅައި ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން

މި އިދާރާގެ ނަންބަރު: IUL)321-A/321/2014/53)ފ(05 އޮގަސްޓު 2014) އިޢުލާނުން، މިރަށުގެ ލޭންޑްޔޫސްޕްލޭނުގައި ސްލިޕްވޭއެއް ހެދުމަށް ފާހަގަކޮށްފައިވާ ބިމުގައި ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ އުސޫލުން ސްލިޕްވޭ އަޅައި ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އިޖާބަ ދެއްވި ފަރާތްތަކަށް ފުރިހަމަ މަޢުލޫމާތު ދެވިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑުތައް:

މާކްސް ދެވޭ ބައިތައް

މިންވަރު

ތަފުސީލު

އިންވެސްޓްކުރާ މިންވަރު

15%

  • މިއީ، ބިޑް ހުށަހަޅާ ފަރާތުން އިންވެސްޓްކުރުމަށް ހުށަހަޅާ އަގެވެ. މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑުއަގަކަށެވެ.

ތަރައްޤީކުރާނެ މިންވަރު

25%

  • މިބަޔަށް މާކްސް ދިނުމުގައި ބަލާނީ އެސަރަޙައްދަށް އެއްފަހަރާ އެހެލެވޭނެ އޮޑީގެ އަދަދަށާއި އަދި އޮޑިދޯނިފަހަރު އެހެލުމުގެ ފެސިލިޓީޒް ހަމަޖެހިފައިވާ ގޮތްތަކަށާއި، މަސްވެރިކަމާ ގުޅުންހުރި ކަންކަމަށް ތަރައްޤީ ކުރާނެ މިންވަރު، އަދި މަރާމާތުކުރުމުގެ ވަސީލަތްތައް ހަމަޖެހިފައިވާ މިންވަރާއި މިފަދަ ކަންކަމަށެވެ.

މަންފާ ލިބޭނެ ފަރާތް

20%

  • މިބަޔަށް މާކްސް ދިނުމުގައި ޚިދުމަތްދިނުމުގައި، ރަށަށާއި އަތޮޅަށް އަދި މުޅިރާއްޖެއަށް ފައިދާކުރާނެ މިންވަރަށާއި، ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ހުޅުވާލެވޭ މިންވަރު ފަދަ ކަންތައްތަކަށް ބެލެވޭނެއެވެ.

އިޖްތިމާޢީ ގޮތުން ދެވޭ ޚިދުމަތްތައް

25%

  • މިބަޔަށް މާކްސް ދިނުމުގައި، ރަށުގެ އިޖުތިމާޢީ ކަންކަމަށް ހޭދަކުރާނެ މިންވަރަށް ބެލެވޭނެއެވެ. މީގެ ތެރޭގައި ޞިއްޙީދާއިރާއަށާއި، ތަޢުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށާއި އަދި ރަށުގެ ކުނި މެނޭޖުކުރުން ފަދަ ކަންކަން ހިމެނެއެވެ.

އޭރިޔާގެ އަކަފޫޓަކަށް ކަނޑައަޅާ އަގު

15%

އަކަފޫޓަކަށް ކަނޑައަޅާ އެންމެ ކުޑައަގަކީ އޭރިޔާގެ އަކަފޫޓަކަށް މަހަކު 15/- (ފަނަރަ) ލާރި

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހުށަހަޅުއްވާ ބިޑް ހިއްޕަވައިގެން މިއިދާރާއަށް ހާޒިރުވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ.

06 ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015