ދިވެހިރާއްޖެ
މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މ.ދިއްގަރު ސަހަރާގެ ވަށާފާރު ރާނައި ސިމެންތިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 2023 ޖޫން 06 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ ގޮތަށް ބީލަމުގައި ރަޖިސްޓްރީކުރެއްވުމަށްފަހު، 2023 ޖޫން 11 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ ގޮތް
- މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ފޯން 6720031 އަށް ގުޅުއްވައި ނުވަތަ
- [email protected] އަށް އީމެއިލް ކުރައްވައި ނުވަތަ
- https://forms.gle/ZXYvB6v5QTMbp8RC9 ގޫގަލް ފޯމް މެދުވެރިކޮށް
ނޯޓު: ފޯނު ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ، ރަޖިސްޓްރީ ކުރާ ފަރާތުގެ ނަމާއި، ރަޖިސްޓްރީ ނަންބަރާއި، ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް އަދި ރަޖިސްޓްރީ ކުރެއްވުމަށް ގުޅުއްވާ ނުވަތަ އީމެއިލްކުރައްވާ ފަރާތުގެ ނަން ޙިއްޞާކޮށްދެއްވުން އެދެމެވެ.
ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ބީލަމުގައި ރަޖިސްޓްރީކުރި ފަރާތްތަކުގެ ތެރެއިން އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.