ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)1-CSO(FM)/1/2023/39
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2023
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 04 ޖޫން 2023 10:30
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ބޭނުމަށް 200 ކޮންފަރެންސް ގޮނޑި ވިއްކާނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހުގެ ބޭނުމަށް 200 ކޮންފަރެންސް ގޮނޑި ވިއްކާނެ ފަރާތެއް ހޯދުން

 މި އޮފީހުގެ ބޭނުމަށް، މި އޮފީހުން ދައްކާ ސާމްޕަލް ގޮނޑިއާ އެއްގޮތަށް 200 ކޮންފަރެންސް ގޮނޑި ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް، 2023 ޖޫން 4 ވާ އާދީއްތަ ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ އީ-މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވުމަށް ފޮނުވާ އީ-މެއިލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

 ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 ޖޫން 4 ވާ އާދީއްތަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2023 ޖޫން 11 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

     10 ޛުލްޤަޢިދާ 1444

 

30 މޭ 2023