ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384/2023/32
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 07 ޖޫން 2023 14:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކުގެ ވެރިފަރާތް ހޯދުމަށް

ރުއްތަކުގެ ވެރިފަރާތް ހޯދުމަށް

                   ތިރީގައި ފާހަގަ ކުރެވިފައިވާ ރުއްތަކުގެ ސަބަބުން އެސަރަޙައްދު ތަކުގައިހުރި ގެ ތަކާއި، ދިރިއުޅެމުންދާ ފަރާތްތަކަށް ދަތި އުދަނގޫތައް ކުރިމަތިވަމުންދާތީއާއި، ބައެއްފަހަރު ވައިގަދަވެ ރުއް ވެޓުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާފައިވާތީ، ފާހަގަ ކުރެވިފައިވާ ރުއްތައް ކެނޑުމަށްޓަކައި، ބަދަލު ދިނުމަށް ރުއްތަކުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ. ދެންނެވުނު ސަރަޙައްދުގައި ހުރި ރުއްތަކުގައި ހުންނާނީ މި އިދާރާއިން އޮރެންޖު ކުލައިގެ ދަވާދުން ރަސްގެ އަޅައި ނަންބަރުޖަހާފައެވެ. ދެންނެވުނު ރުއްތަކުގެ ވެރިން ހޯދުމަށް މި އިދާރާގެ ނަންބަރު: (IUL)384/2023/14 އިޢުލާން އިން 08 މާރިޗު 2023 ގައިވެސް ޢާންމުކޮށް އިޢުލާން ކުރުމުންވެސް އެއްވެސް ފަރާތަކުން މަޢުލޫމާތެއް ދެއްވާފައި ނުވެއެވެ.

 

ރުއް ހުރި ސަރަޙައްދު

ޖަހާފައިވާ ނަންބަރު

  • ސިއްހީމަރުކަޒާއި ޕޮލިސްސްޓޭޝަން ގެ އިރުމަތިފަރާތު ރުއްގަނޑުތެރެ

އޮރެންޖު ކުލަ 1،2،3،4  

  • ޒަމީން ގޯއްޗާއި ދޫރެސް ގޯއްޗާއި ދެމެދު ހުޅަނގުފަރާތު ރުއްގަނޑުތެރެ

އޮރެންޖު ކުލައިގެ 5،6،7،17،18 

  • ސޯސަންގޭ ގޯއްޗާއި ގުލްޝަންކިނާރާ ގޯއްޗާއި ދެމެދު ހުޅަންގުފަރާތު ރުއްގަނޑުތެރެ

އޮރެންޖުކުލައިގެ 8,9,10,11,12,13,14,15,16 

 

                  ވީމާ، މި ރުއްތަކުގެ ވެރިން އެއީ ކޮންފަރާތެއްގެ ރުކެއްކަން އެނގޭގޮތަށް ރުކުގައި ނަންލުމަށްފަހު، އެރުކެއްގެ ނަންބަރު އެނގޭގޮތައް ސިޓީއަކުން އެ މަޢުލޫމާތު 07 ޖޫން 2023 ވާ ބުދަ ދުވަހު 14:00 ގެ ކުރިން މި އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. މި މުއްދަތުގައި މަޢުލޫމާތު ލިބިފައިނުވާނަމަ ވެރިޔަކު ނެތް ކަމަށް ބަލައި ރުއް ކެނޑުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ވާހަކަ ދެންނެވީމެވެ.

                  މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

                  30 މެއި  2023

30 މޭ 2023