ދިވެހިރާއްޖެ
އިޢުލާން
2023-2024 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ސްކޫލައް ވެއްދުމާ ގުޅޭ.
2023 ވަނައަހަރު މިސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީގެ ކުލާސް ތަކަށް އަލައް ވަންނަ ކުދިން ވެއްދުމައް ދޫކުރާ އެޕްލިކޭޝަން ފޯމް 31 މެއި 2023 އިން 06 ޖުލައި 2023 ގެ ނިޔަލަށް ތުލުސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ދޫކޮށް ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައެވެ.
ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާތައް ބަލާނެ ގޮތް
ގުރޭޑް |
2023-2024 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ |
ބޭބީ ނާރސަރީ |
2023 ވަނަ އަހަރުގެ ޖުލައި 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން |
ނާރސަރީ |
2023 ވަނަ އަހަރުގެ ޖުލައި 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން |
ވީމާ ބަޔާންކޮއްފައިވާ ގޮތުގެމަތިން އުމުރުފުރާ ހަމަވާ ދަރިވަރުން 06 ޖުލައި 2023 ގެ 14:00 ގެ ކުރިން ސްކޫލަށް ވައްދަން އެދޭ ފޯރމް ފުރިހަމަކޮށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.